ސަސް ތިންވަނަ ޑިވިޝަނަށް ވައްޓާލައި، ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާއެއް

ސުޕަ ޔުނައިޓެޑް ސްޕޯޓްސް ޓީމު --

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ތިންވަނަ ޑިވިޝަނަށް ރެލިގޭޓުކުރަން ނިންމައި، އެ ކްލަބް 200،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފިއެވެ.

އެފްއޭއެމުން އެ ކުލަބަށް ބޮޑު އަދަބެއް ދިނީ ފުރަތަމަ ޑިވިޝަނުން އެ ކުލަބު ވަކިވާން މި މަހު 23 ވަނަ ދުވަހު ނިންމުމާ ގުޅިގެން އެފްއޭއެމުގެ އެކްސްކޯއިންނެވެ.

އެ ކުލަބު ވަކިވާން ނިންމުމާއެކު އެފްއޭއެމުން އޭރު ބުނީ އެ ކުލަބަށް ގަވާއިދުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އެފްއޭއެމުން އެޅި ފިޔަވަޅުތައް ހާމަކޮށްފައިވަނީ މިއަދެވެ.

މިއަދު ބޭއްވި އެފްއޭއެމް ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސަސް، 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، ތިންވަނަ ޑިވިޝަނަށް ރެލިގޭޓުކުރުމަށެެވެ.

ސަސްއިން ލީގުން ވަކިވިކަން އަންގައި، އެފްއޭއެމަށް ފޮނުވި ސިޓީގައި ވަނީ ދެވަނަ ޑިވިޝަނުގައި އެ ކްލަބް ވާދަކުރާނެ ކަމަށެވެ. ނަމަވެސް އެފްއޭއެމުން ވަނީ އެ ކުލަބު ތިންވަނަ ޑިވިޝަނަށް ވައްޓާލާފައެވެ.

ސަސް އެންމެ ފުރަތަމަ ތިންވަނަ ޑިވިޝަނުގައި ކުޅުނީ 2016 ވަނަ އަހަރެވެ.

ފުރަތަމަ ޑިވިޝަނުގައި ސަސްއިން ފަސް އަހަރު ވާދަކޮށްފައިވާއިރު އެ ޓީމު ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދީ 2019 ވަނަ އަހަރެވެ.

comment ކޮމެންޓް