އެއް ތަނަކުން ހުރިހާ އަންނައުނެއް ލިބޭ ޑިފެކްޓޯގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް

ޑިފެކްޓޯ: އެ ފިހާރަގައި އަންނަނީ 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުން ----

ހުރިހާ ބާވަތެއްގެ އަންނައުނު އެއްތަނަކުން ލިބޭ ޑިފެކްޓޯ މޯލްޑިވްސްގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި އެ ފިހާރައިގެ އައިޓަމްތަކުން 25 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ ހަމައެކަނި ފިހާރައަށް ޒިޔާރަތްކޮށްގެން ކަމަށްވާއިރު، މި ފިހާރައަކީ ކުޑަކުދިންގެ އަންނައުނުން ފެށިގެން ތަފާތު ވައްތަރުގެ އަންނައުނުތައް ލިބެން ހުންނަ ފިހާރައެކެވެ.

ޑިފެކްޓޯ: ތުރުކީގެ ބްރޭންޑެެއް ކަމަށްވާ ޑިފެކްޓޯގައި އަންނަނީ ޑިސްކަންޓު ލިބޭ ޕްރޮމޯޝަނެއް ހިންގަމުން ----

އޭގެތެރޭގައި، އޮފީސް ހެދުމާއި ކުޑަކުދިންގެ ހެދުމާއި ފައިވާން ހިމެނޭއިރު، އެނޫން ވައްތަރުތަކުގެ އަންނައުނު ވެސް ލިބެން ހުންނާނެއެވެ.

އަންނަ މަހު 11ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާއިރު، ޑިފެކްޓޯ ފިހާރަ ހުންނާނީ ދިލްބަހާރު މަގު، ލޫސީސް ކެފޭ އެންޑް ބިސްޓްރޯ ކައިރީގައެވެ.

ޑިފެކްޓޯ: މިއީ އާއިލާއެއްކޮށް ވިޔަފާރިކޮށްލަން ހިތްގައިމު މާހައުލެއްގެ ފިހާރައެއް ---

ޑިފެކްޓޯއަކީ ތުރުކީގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާއިރު، މި ފިހާރައަކީ މުޅި އާއިލާއާ އެއްކޮށް ގޮސް ވިޔަފާރިކޮށްލަން ހިތްގައިމު މާހައުލެއްގެ ފިހާރަކަށް ވާނެއެވެ. އަދި، މި ފިހާރައިގެ އަންނައުނަކީ ކޮލިޓީ ރަނގަޅުކޮށް، ހެޔޮ އަގުގައި ވިއްކާ އަންނައުނެވެ.

މި ފިހާރަ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހުޅުވާފައި ހުންނާނީ ހެނދުނު 10:00އިން ރޭގަނޑު 23:00ގެ ނިޔަލަށް ކަމަށްވާއިރު، ހުކުރު ދުވުހު ހުޅުވާނީ މެންދުރު ފަހު 14:00އިން 23:00ގެ ނިޔަލަށެވެ.

އެހެންކަމުން، މިއީ ހެޔޮ އަގެއްގައި އެއްތަނަކުން އަންނައުނު ހޯދަން ބޭނުންވެފައި ތިބި މީހުންނަށް ލިބޭ ރަނުގެ ފުރުސަތަކަށްވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު