ރާއްޖޭގެ އެންމެ ގިނަދުވަސްވީ ކުލަބު ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސްގެ އަންހެން މުބާރާތް ކަމަށްވާ 18/30 ކްލެސިކުގައި އެމްއޭސީއެލް އާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި، ޕްރިޒަން ކުލަބާއި، ހެލްތު ރެކްރިއޭޝަން ކުލަބު އަދި ސްޓެލްކޯ ރެކްރިއޭޝަން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
މިއަހަރުގެ އަންހެން މުބާރާތުގައި ދެ ފަންތިއެއް ހިމެނެއެވެ. ކްލެސިކް މުބާރާތް ނުވަތަ ދެވަނަ ފަންތީގެ މުބާރާތުގައި މިއަހަރު 11 ޓީމެއް ވާދަކުރެއެވެ. މި ޓީމުތަކާއެކު ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ރޭ ވަނީ ތިން ގްރޫޕްގެ މެޗުތައްވެސް ވަނީ ކުޅެފައެވެ. މިގޮތުން ގްރޫޕް އޭގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ މައްޗަށް ސްޓެލްކޯއިން ކުރި ހޯދާފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް އޭގައި ހުޅުމާލެ ހޮސްޕިޓަލް އަތުން ޕްރިޒަން 6-1 ގެ ނަތީޖާއަކުން މޮޅުވިއެވެ.
މުބާރާތުގެ އަންހެން ކްލެސިކް މުބާރާތުގެ ގްރޫޕް ބީގައި ދަރުމަވަންތަ ހޮސްޕިޓަލާ ދެކޮޅަށް ކުޅުނު މެޗު ހެލްތުން ކާމިޔާބުކޮށްފައިވަނީ 8-0 ގެ ބޮޑު ތަފާތަކުންނެވެ.
މި ގްރޫޕްގައި ވެސް ކުރިން ހަތަރު ޓީމު އޮތް ނަމަވެސް މުބާރާތުގެ ގުރުނެގި ފަހުން އެގްރި ރެކްރިއޭޝަން ކުލަބު ވަނީ މުބާރާތުގައި ނުކުޅެވޭނެކަން އަންގާފައެވެ.
ގްރޫޕް ސީގައި ކުޅިވަރު ވުޒާރާ ކުލަބުގެ މައްޗަށް އެމްއޭސީއެލްއިން ކުރިހޯދީ 6-2 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އެސްޓީއޯ ނުކުތީ އޭސީސީ ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. މިމެޗު އެސްޓީއޯއިން ކާމިޔާބުކުރީ 8-0 ގެ ނަތީޖާއަކުންނެވެ.
ކުލަބު މޯލްޑިވްސްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކިންގްސް ކަޕް ލީގު އޮފް ޗެމްޕިއަންސް މުބާރާތުގެ މެޗުތަކެވެ.