ޕީއެސްޖީ ދޫކޮށް ޑޮނަރުންމާ ސިޓީއަށް

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދިޔަ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.

އިޓަލީގެ ކެޕްޓަންކަންވެސް ކުރަމުންދާ އުމުރުން 26 އަހަރުގެ ޑޮނަރުންމާ އެ ޓީމަށް ބަދަލުވީ ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހުގައެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިޓަލީގެ ކެޕްޓަންކަން ކުރަމުންދާ ޑޮންނަރުންމާ މެންޗެސްޓާ ސިޓީއަށް ބަދަލުވެފައިވަނީ 30 މިލިއަން ޔޫރޯގެ ފީއަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޑޮނަރުންމާ ވަނީ ނިމިދިޔަ ސީޒަނުގައި ޕީއެސްޖީން ތިން މުބާރާތް ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގެވެ. އެ ތަށި ހޯދުމުގެ ފަހަތުގައި ޑޮނަރުންމާގެ ދައުރު ބޮޑެވެ.

މި ސީޒަނުގައި ޕީއެސްޖީ ކުޅުނު އެއްވެސް މެޗެއްގައި ޑޮންނަރުންމާ ނުކުޅެއެވެ. އޭނާ ވަނީ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އޭނާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް