މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަށް އޮޕަރޭޝަން ޑޮކްޓަރުން ހިމެނޭ ޓީމަކުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ތިން ދުވަހުގެ ކޭމްޕެއްގައި ދިޔުމަށް ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީއާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން އެކޭމްޕު ބާއްވާނީ އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ކޭމްޕުގައި ހިމެނޭ ޑޯކްޓަރުންގެ ތެރޭގައި އެކި ބަލިތަކަށް ޚާއްސަ އޮޕަރޭޝަން ޑޮކްޓަރުން ހިމެނެއެވެ.
އެގޮތުން އެ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ:
- ޕްލާސްޓިކް، ރިކޮންސްޓްރަކްޝަން އަދި، އެޑްވާންސް ވޫންޑް ކެއާގެ ޚާއްސަ ޑރ. މުޙައްމަދު ވަހީދު
- ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝްތަކުގެ ޚާއްސަ ޑރ. އަބްދުﷲ އަދްސަރު
- ކެންސަރު އޮޕަރޭޝަންތަކަށް ޚާއްސަ ޑރ. މުޙައްމަދު ޝިފާން
- ގޮހޮރާއި ބެރިއަޓްރިކް ސާޖާރީގެ ޚާއްސަ ޑރ. ޢާއިޝަތު އަޒްނާ އަލީ
- އާންމު އަދި ލެޕްރޮސްކޮޕިކް ސާޖާރީގެ ޚާއްސަ ޑރ. ޢަބްދުﷲ ޢުބައިދު
- ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑރ. އަލީ ނިޔާފް
- ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްސަ ޑރ. އަސްޢަދު މުޙައްމަދު ޝަހީދު
- ޢާންމު އޮޕަރޭޝަނާއޮ ލެޕްރޯސްކޮޕިކް ސާޖަރީއަށް ޚާއްސަ ޑރ. މުޙައްމަދު ޝަރީފް
އައިޖީއެމްއެޗުން ބުނީ، އެ ކޭމްޕުގެ ތެރެއިން އެ ޑޮކްޓަރުންގެ ޓީމުން ބަލި މީހުން ބެލުމުގެ އިތުރުން ސާޖަރީގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ސިއްހީ ޚިދުމަތްތައް އެންމެނަށް ލިބުމުގެ ފުރުސަތު އިތުރު ކުރުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް 6580100އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެކި ހޮސްޕިޓަލްތަކުން ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަތޮޅުތެރޭގައި ކޭމްޕުތައް ބާއްވައެވެ. އެގޮތުން މާލެއިން ސްޕެޝަލިސްޓް ޑޮކްޓަރުން އެކި ފަހަރުމަތިން އަތޮޅުތެރެއަށް ގޮސް ޚިދުމަތް ދެއެވެ.