ޝަހުމުﷲ ހުރީ ރާއްޖެތެރޭ ރަށެއްގައި، ހާލު ރަނގަޅު: ފުލުހުން

މާލޭން ގެއްލިގެން ހޯދަމުން އަންނަ 33 އަހަރުގެ ޝަހުމުﷲ ސާޖިދު: އޭނާ ހުރީ ރަށެއްގައި ކަމަށް ފުލުހުންނަށް ގުޅައި ބުނި ކަމަށް ފުލުހުން ބުނޭ --- ފޮޓޯ: ފުލުހުން

ގެއްލިގެން ހޯދަމުން އައި ބ. ކެންދޫ، ޝަހުމުالله ސާޖިދު ހުރީ ރާއްޖެތެރޭ ރަށެއްގައި ކަމަށް، އޭނާ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޝަހުމުالله ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ހާމަކުރީ މިއަދު ހަވީރު 4:30 ހާއިރެވެ.

ފުލުހުން އޭރު ބުނީ، ޝަހުމުالله ގެއްލިގެން އާއިލާއިން ރިޕޯޓުކުރީ ރޭގެ ވަގުތެއްގައި ކަމަށާއި، އޭނާ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް އާއިލާއިން ބުނި ކަމަށެވެ.

https://sun.mv/210896

މިރޭ، ގާތްގަނޑަކަށް ހަތެއް ޖަހަނިކޮށް ޝަހުމުالله އާ ހަވާލާދީ ފުލުހުން ބުނީ، ޝަހުމުالله މިވަގުތު ހުރީ ރާއްޖެތެރޭ ރަށެއްގައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމަކު ޝަހުމުالله މިވަގުތު ވީ ކޮން ރަށެއްގައި ކަމެއް ފުލުހުންނެއް ނުބުނެއެވެ. އެހެންކަމުން އޭނާ ވީ ކޮން ރަށެއްގައިތޯ "ސަން"އިން ސުވާލުކުރުމުން، އޭގެ ތަފްސީލެއް ފުލުހުން ނުދިނެވެ.

މީހުން ގެއްލިގެން ދޭތެރެދޭތެރެއިން ރިޕޯޓުކުރާއިރު، އާންމުގޮތެއްގައި އެ މީހުން ހޯދަން އިއުލާނުކުރާ ހިސާބުން ފެނެއެވެ.

comment ކޮމެންޓް