ތައިލެންޑު އޯޕަން ފެތުމުގެ މުބާރާތުން ލޫތުއާއި މައާދަށް ތިންވަނަ

ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ނިއު ލެގޫން ސުވިމިން ކްލަބުގެ ލޫތު މުހައްމަދު ހުސައިނާއި އިބްރާހިމް މައާދު ސާޖިދު މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

ބެންކޮކްގައި ބޭއްވި މުބާރާތުގައި ލޫތު ވަނީ 16 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ހަތަރު އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ދެން އޭނާއަށް މެޑަލް ލިބުނީ ރިލޭ ޓީމުގައި ހިމެނިގެންނެވެ.

އުމުރުން 18 އަހަރުން ދަށުގެ ކެޓަގަރީން މައާދު ތިންވަނަ ހޯދީ އެ އުމުރުފުރާގެ އިންޑިވިޖުއަލް ހަތަރު އިވެންޓާއި ރިލޭ އިވެންޓުން މެޑަލް ހޯދައިގެންނެވެ.

މުބާރާތުގައި ނިއު ލެގޫންގެ ޖުމުލަ 41 ފެތުންތެރިން ވާދަކޮށްފައިވާއިރު އެ ކްލަބްގެ ފެތުންތެރިން ވަނީ ޖުމުލަ 35 އިންޑިވިޖުއަލް މެޑަލް މި މުބާރާތުގައި ހޯދާފައެވެ. އެއީ 11 ރަން މެޑަލް، ހަތް ރިހި މެޑަލް އަދި 17 ބްރޯންޒް މެޑަލް އެވެ. ނިއު ލެގޫންއިން ވަނީ ޖުމުލަ 37 މެޑަލް މި މުބާރާތުގައި ހޯދާފައެވެ.

ބެންކޮކްގެ އެސަމްޝަން ޔުނިވަސިޓީގެ އެކުއާޓިކް ސެންޓަރުގައި ބޭއްވި މުބާރާތުގައި ނިއު ލެގޫންގެ އިތުރުން ރާއްޖޭގެ އެހެން ދެ ކްލަބެއް ކަމަށްވާ، ކްލަބް ބޮޑު ރިޔާ އާއި އަކުއާ ފިނާގެ ފެތުންތެރިން ވެސް ވާދަކުރިއެވެ.

ނިއު ލެގޫން ސްވިމިން ކުލަބަކީ ރާއްޖޭގައި ހުނަރުވެރި ފެތުންތެރިންތަކެއް އުފައްދަމުން އަންނަ ކުލަބެކެވެ. ލޯކަލް ގިނަ މުބާރާތްތަކެއްގައި ވެސް އެ ކުލަބުން އަންނަނީ ތަފާތު ދައްކަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު