އެޕަލްގެ އައު އައިފޯން ދައްކާލުމަށް މިރޭ ބޭއްވި އިވެންޓުގައި އެ ކުންފުނީގެ އައު އީޖާދެއް ކަމަށްވާ އެއާޕޮޑްސް ޕްރޯ 3 ތައާރަފުކޮށްފިއެވެ.
މި އާ އެއާޕޮޑްސް ޕްރޯއަކީ އަޑުއިވުމުގެ ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ އީޖާދެއް ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.
އެއާޕޮޑްސް ޕްރޯ 3 ގައި ހިމެނޭ އެކްޓިވް ނޮއިސް ކެންސަލޭޝަން ސިސްޓަމަކީ އެއާޕޮޑްސް ޕްރޯ 1 އަށްވުރެ ހަތަރު ގުނަ ރަނގަޅު އަދި އެއާޕޮޑްސް ޕްރޯ 2 އަށްވުރެ ދެގުނަ ރަނގަޅު ސިސްޓަމެކެވެ.
މިއީ އިން-އިއާ ވައިރަލެސް ހެޑްފޯނުތަކުގެ ތެރެއިން އެންމެ ރަނގަޅު ނޮއިސް ކެންސަލޭޝަން ކަމަށް އެޕަލްއިން ބުނެއެވެ.
އަޑުގެ ފެންވަރު ރަނގަޅުކުރުމަށް އާ އެއާފްލޯ ސިސްޓަމެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
އެޕަލް އިންޓެލިޖެންސްގެ އެހީގައި ލައިވް ޓްރާންސްލޭޝަންގެ ޚިދުމަތް މި އެއާޕޮޑްސް ޕްރޯ 3 ގައި ހިމެނެއެވެ. މީގެ ސަބަބުން އެހެން މީހުންގެ އަޑު އިވޭނެ ގޮތް އިތުރަށް ތަބީއީ ވާނެއެވެ.
ދުނިޔޭގެ އެންމެ މޮޅު ހެޑްފޯނުތަކުގެ ތެރޭގައި ހިމެނޭ މި އެއާޕޮޑްސް ޕްރޯއަކީ އަޑުއިވުމުގެ ގޮތުން ދަތިކަން ހުންނަ ފަރާތްތަކަށްވެސް ވަރަށް ބޮޑު އެހީއެއް ލިބޭނެ އީޖާދެކެވެ.
އެޕަލްގެ ޓިމް ކުކް ވިދާޅުވީ އެއާޕޮޑްސް ޕްރޯ 3 އަކީ ހަގީގަތުގައި ވެސް ހައިރާންކުރުވަނިވި އީޖާދެއް ކަމަށެވެ. އަދި މި ހެޑްފޯނުތަކަކީ އެޕަލްގެ އުފެއްދުންތަކާއެކު ފަސޭހަކަމާއެކު މަސައްކަތްކުރާނެ އަދި އަޑުގެ ފެންވަރުގައި އާ ބެންޗްމާކެއް ގާއިމްކުރާނެ އުފެއްދުމެއް ކަމަށެވެ.