ޝަރީއަތެއްގެ ހެކީންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުވާތީ ފުލުހުން އޮޕަރޭޝަނެއް ހިންގަނީ

ފުލުހުންގެ ސްވޮޓް ޓީމް އޮޕަރޭޝަނެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޝަރީއަތެއް ހިންގަމުންދާ މައްސަލައެއްގައި ހެކީންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުވާތީ، ފުލުހުން މިއަދު މާލޭގައި އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޝަރީއަތް ހިންގަމުންދާ މައްސަލައެއްގެ ހެކީންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި މާލޭގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

އެ އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ހާމަކުރާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ އޮޕަރޭޝަން ގުޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގެ ޝަރީއަތަކާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އޮޕަރޭޝަން ކުރިއަށްގެންދާނެ މުއްދަތަކާއި އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން، ނުރައްކާތެރި ހާލަތެއް ދިމާވެދާނެ ފަދަ ހާލަތްތަކުގައި ހަރަކާތްތެރިވާ ސްވަޓް ފުލުހުން މާލޭގެ ގުދަނެއް ކައިރީގައި ތިބޭ މަންޒަރު ފެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް