އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) މޯލްޑިވްސް ޖޫނިއާ އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފިއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދާފައިވަނީ ފައިނަލުގައި ރާއްޖޭގެ ކިޔާރާ އުސާމާ އަލީ ބަލިކޮށްގެންނެވެ. މި މެޗު ނަބާ ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ނަބާ ކާމިޔާބުކޮށްފައިވަނީ 6-2 ޕޮއިންޓުންނެވެ. ދެވަނަ ސެޓު 6-4 އިން ކާމިޔާބުކުރީ ކިޔާރާ ކާމިޔާބުކުރި ނަމަވެސް ތިންވަނަ ސެޓުގައި ނަބާ ވަނީ 6-4 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.
ސަރަހައްދުގެ ގަައުމުތަކުން ވާދަކުރާ މި މުބާރާތުގައި 18 ފިރިހެން ކުޅުންތެރިންނާއި 13 އަންހެން ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އުންމީދީ ޓެނިސް ކުޅުންތެރިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ނަބާ ވަނީ އޭނާ ވާދަކުރި ޑަބަލްސް އިވެންޓުވެސް ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން އައިޓީއެފް މޯލްޑިވްސް 16 އަހަރުން ދަށުގެ ޖޫނިއާ އޯޕަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސާލް އާޒިމް ވަނީ ހޯދާފައެވެ.