16 އަހަރުންދަށުގެ "މަގޭ ދަރަވަންދޫ ވިޒިޓް އިޔާ" މުބާރާތުގެ ޕާޓްނަރަކަށް އެސްއެސް މީޑިއާ

މާޅޮސްމަޑުލު ދެކުނުބުރީގެ ހަތަރު ރަށަކަށް ހުޅުވާލައިގެން އެ އަތޮޅު ދަރަވަންދޫއިން 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން "ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2025" ގެ ނަމުގައި ފުޓްސެލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތަކީ މިއަހަރު ފާހަގަކުރަމުންދާ "މަގޭ ދަރަވަންދޫ ވިޒިޓް އިޔާ 2025" އާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިންތިޒާމުކުރާ މުބާރާތެކެވެ.

މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 22-26 ގެ ނިޔަލަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމް 15،000 ރުފިޔާ ވަނީ ހުށައަޅާފައެވެ. އަދި ފުޓްސަލް ކިންގަށް 1،000 ރުފިޔާ ވަނީ ހުށައަޅާފައެވެ.

"ސަން" އާއި ވާހަކަދައްކަވަމުން މުބާރާތް އިންތިޒާމުކުރާ ދަރަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ހުޝާމިން ވިދާޅުވީ މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން އުފަންވި ހިޔާލެއް ކަމަށެވެ.

އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނެކޭ އެއްފަދައިން އެއަށްވުރެ ކުޑަ ކުދިންނަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ޒުވާނުން ފާހަގަކޮށްފައިވުމާއެކު، މުބާރާތް ބޭއްވުމަށް ކައުންސިލުން ނިންމީ ކަމަށެވެ.

ޖުމްލަ ހަތަރު ރަށަކަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަކީ މުބާރާތް ބާއްވާ ދަރަވަންދޫގެ އިތުރުން މާޅޮސް، ދޮންފަން އަދި ކުޑަރިކިލެވެ. މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން މުބާރާތް ސްޕޮންސާކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ސްޕޮންސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 18ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލުގެ ރައީސް އަލީ ސަމީހް (9588128) އާ ގުޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. ހުރިހާ މެޗެއް ޗެސް އެސްއެސް މީޑިއާއިން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު