މާސްގައި ދިރުން ހުރިކަން ނާސާއިން ޔަގީންކަމާއެކު އިއުލާންކޮށްފި

މިއީ މާސްއިން މިހާތަނަށް ދިރުމުގެ އެންމެ ސާފު އަލާމާތް ފެނުނު ފަހަރު -- ނާސާ

މާސްގައި ދިރުންތަކެއް ހުރިކަން ނާސާއިން ޔަގީންކަމާއެކު އިއުލާންކޮށްފިއެވެ.

ނާސާއިން މިކަން އިއުލާންކޮށްފައި މިވަނީ ނާސާގެ ޕާސިވިއަރެންސް ރޯވާ އަށް މާސްގެ ޖެޒެރޯ ކްރޭޓާ އިން ދިރުމުގެ "ބަޔޯސިގްނެޗާ" އެއްގެ ގޮތުގައި ބެލެވިދާނެ އަސަރުތަކެއް ފެނުމާއެކުގައެވެ.

އެކުންފުނީގެ ސައިންސްވެރިން ބުނާ ގޮތުގައި، މިއީ މާސްގައި އެއް އިރެއްގައި މައިކްރޯބިއަލް ދިރުންތަކެއް އުޅުނުކަމުގެ މިހާތަނަށް ފެނުނު އެންމެ ޔަގީންކަން ބޮޑު ހެއްކެވެ. މި ހޯދުންތައް ފެނިފައިވަނީ "ޗެޔާވާ ފޯލްސް" ގެ ނަން ދީފައިވާ، ލެޕާޑްގެ ކުރެހުންތަކެއް ޖަހާފައިވާ ހިލައަކުންނެވެ.

މި ހިލައިގައި ދިރުމުގެ އަސާސީ ބްލޮކްތައް ކަމަށްވާ އޯގަނިކް މޮލިކިއުލްތަކާއި، ބިމުގައިވާ ދިރުމާ ގުޅުންހުރި ކަމަށް ބެލެވޭ މިނަރަލްތައް އެކުލެވިގެންވެއެވެ. ޕާސިވިއަރެންސް ރޯވަރ 2021 ވަނަ އަހަރުން ފެށިގެން ޖެޒެރޯ ކްރޭޓާގައި ދިރުމުގެ އަލާމާތްތައް ހޯދުމަށް ހަރަކާތްތެރިވަމުން އަންނައިރު، މި ހޯދުމަކީ އެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

https://sun.mv/204916

ނާސާގެ އެކްޓިން އެޑްމިނިސްޓްރޭޓާ، ޝޯން ޑަފީ ވިދާޅުވީ "މިއީ މާސްއިން މިހާތަނަށް ދިރުމުގެ އެންމެ ސާފު އަލާމާތް ފެނުނު ފަހަރު ކަމަށް ވެދާނެކަމާއި، މިއީ ވަރަށް އުފާވެރި ކަމެއް" ކަމަށެވެ.

މި ހޯދުންތަކާ އެކު ވެސް، ސައިންސްވެރިން ވަނީ މިއީ ދިރުން ހުރިކަމުގެ ފުރިހަމަ ހެއްކެއް ނޫންކަން ފާހަގަކޮށްފައެވެ. މި ހިލައިގައި ހުރި މިނަރަލްތަކަކީ ދިރުމެއް ނެތި، ޖިއޮލޮޖިކަލް މަރުޙަލާތަކުންވެސް އުފެދިދާނެ އެއްޗެހި ކަމަށް ވެއެވެ.

މިކަމުގެ ހަގީގަތް ކަށަވަރު ކުރުމަށް ޓަކައި، މި ހިލައިގެ ސާމްޕަލްތައް ބިމަށް ގެނެސް އިތުރު ދިރާސާތައް ކުރަން ޖެހެއެވެ. އެގޮތުން، މި ސާމްޕަލްތައް 2030 ގެ އަހަރުތަކުގައި ބިމަށް ގެނެވޭނެ ކަމަށް ސައިންސްވެރިން އަންދާޒާ ކުރެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު