ނިލަންދޫން ގެއްލުނު 14 އަހަރުގެ އަންހެން ކުއްޖާ ރޭ މެންދަމު ފެނިއްޖެ

ފ. ނިލަންދޫ: އެ ރަށުން ގެއްލުނު ކުއްޖާ ފެނުނީ މެންދަމުގެ ވަގުތެއްގައި ---

ފ. ނިލަންދޫން ގެއްލުނު 14 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ފުލުހުންނަށް ރިޕޯޓުކުރިތާ ހަތަރު ގަޑިއިރު ފަހުން މެންދަމުގެ ވަގުތެއްގައިކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ނިލަންދޫން ކުޑަކުއްޖަކު ގެއްލިގެން އުޅޭ މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ ރޭ 10:15 ހާއިރެވެ.

ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން އޭރު ބުނީ، އެ ކުއްޖާ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއްނުވާ ކަމަށެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/211313

އޭގެ ފަހުން ފުލުހުން ބުނީ، އެ ކުއްޖާ ރޭ މެންދަމު 2:40 ހާއިރު ފެނިއްޖެ ކަމަށާއި، ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

"ސަން"އިން ސުވާލުކުރުމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ވިދާޅުވީ، އެ ކުއްޖާ ފެނުނީ ވަލު ސަރަހައްދުން ވޭސްޓް މެނޭޖްމަންޓް ސެންޓަރު ކައިރިން ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އަދި, އެ ރަށު ހޮސްޕިޓަލަށް ބަލައި ގެންގޮސް ބެލިބެލުމުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އަލީ ވިދާޅުވިއެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި، ޒުވާނުންނާއި ކުޑަކުދިން ގެއްލިގެން ދޭތެރެއަކުން ރިޕޯޓުކުރާ ނަމަވެސް، އާންމު ގޮތެއްގައި ހޯދަން އިއުލާންކުރާތާ މާ ގިނައިރުތަކެއްނުވެ އެ ކުއްޖަކު ނުވަތަ މީހަކު ފެނެއެވެ.

comment ކޮމެންޓް