ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ބީޗު ހޭންޑްބޯޅަ މުބާރާތުގައި ރާއްޖެއިން ދެކުނު އެފްރިކާ އާއި ސްރީ ލަންކާ އަތުން ހޯދި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ސެމީން ރާއްޖެ ޖާގަ ހޯދީކުޅުދުއްފުށީ ސިޓީ ބީޗު ހޭންޑްބޯޅަ ކޯޓުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ދެކުނު އެފްރިކާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
މި މެޗުގެ ކުރިން ރޭ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުވެސް ރާއްޖެ ކާމިޔާބުކުރިއެވެ. ދެ މެޗުން ވެސް މޮޅުވެ ހަތަރު ޕޮއިންޓާއެކު ދިވެހިރާއްޖެ މިހާރު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.
ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ ވަނީ ފުރަތަމަ ސެޓުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ސެޓު ނިމުނުއިރު ދިވެހި ޓީމު 9-32 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. މި ސެޓުން ދިވެހި ޓީމު މޮޅުވީ 23 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ.
ދެވަނަ ސެޓުގައި ދެކުނު އެފްރިކާއިން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ދިވެހި ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް ދޫނުކޮށް 22-13 ޕޮއިންޓުން ސެޓު ކާމިޔާބުކޮށްފައެވެ. މިމެޗުގެ އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކީ 16 ޕޮއިންޓު ހޯދައި "ޕްލޭޔާ އޮފް ދި މެޗު" ގެ މަގާމު ހޯދި އަހުމަދު ރައުލް އައްސަދެވެ.
ދެކުނު އެފްރިކާ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

ރާއްޖެއާ ލަންކާ ކުޅުނު މެޗުގެ ތެރެއިން--
މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ މޮޅުވީ 2-1 އިންނެވެ. ފުރަތަމަ މެޗު ރާއްޖޭން ކާމިޔާބުކޮށްފައި ވަނީ 1-2ގެ ނަތީޖާއަކުންނެވެ.
ޖުމްލަ ހަ ޓީމާއެކު މި މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު 18 އިން 24 އަށް ކުޅުދުއްފުށީ ސިޓީގައެވެ. ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލް ޔަގީންވާނެއެވެ.