ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މިއަދު ވަނީ ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށާއި އިތުރަށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައިގެން އެ ކަންކަން ވެސް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް މުއިއްޒު ގޮއިދޫއަށް ވަޑައިގަތުން: ވިދާޅުވީ، ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
މި ސަރުކާރުގައި ނެތް ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް. ހުރިހާ ވެސް ފޯކަސްއެއް ހުރީ ނަތީޖާ ނެރެދޭންރައީސް ޑރ. މުޙައްމަދު މުއިއްޒު
މި ހުރިހާ ދުވަހު ރައްޔިތުންނަށް ނުވެފައި ހުރި ކަންކަމާއި ރަނގަޅަށް ގޮސްފައި ހުރި ކަންކަމަށް ބަލައި، އެ ކަންކަން ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރަށް، މި އަހަރާއި އަންނަަ އަހަރު ތެރޭ ފެންނާނީ މަޝްރޫއުތައް ނިމެމުންދާ މަންޒަރު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވިއިރު، ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ބޮޑުހިލައިގެ ތެރެއިން ބައިލައްކަ ޓަނުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވަނީ ބުނެފައެވެ.
މިހާރު ވެސް ބައެއް ރަށްރަށުގައި އެމްޓީސީސީން އަންނަނީ ބަނދަރުތައް ތަރައްގީކުރުމާއި ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، ބައެއް ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، މަޝްރޫއުތައް ކުރިއަށް ނުދާތީ އެ ރަށްރަށުގެ ރައްޔިތުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.
ގޮއިދޫއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެޑައިގެންނެވި ކަންކަމަކީ:
- ގޮއިދޫއަކީ ދަނޑުވެރި ރަށަކަށް ވާތީ ދަނޑުވެރިންނަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުން
 - އަށް ކުލާސްރޫމުގެ މަސައްކަތް ނިންމައި، އަންނަ ދިރާސީ އަހަރު ބޭނުންކުރަން ފެށުން
 - އަންނަ އަހަރުގެ ބަޖެޓުގައި ފުޓުބޯޅަ ދަނޑު ހެދުމަށް ފައިސާ ހިމެނުން
 - ވޮލީ ކޯޓާއި ހޭންޑްބޯޅަ ކޯޓު ހެދުން