ބެލްޖިއަމް އަތުން ބަލިވެ ވޭލްސްގެ ވޯލްޑްކަޕް ހުވަފެން ފެނަށް

ބެލްޖިއަމުގެ ކެވިން ޑިބްރޭނާ ކާމިޔާބުކުރި ދެ ލަނޑާއެކު 4-2 ގެ ނަތީޖާއަކުން ވޭލްސް ބަލިވެ ވޯލްޑްކަޕަށް ކޮލިފައިވުމަށް އެ ގައުމުން ކުރަމުން އަންނަ އުންމީދުތައް ފެނަށް ހިނގައްޖެއެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖޭ ގައި ބެލްޖިއަމް ހޯދި މި މޮޅާއެކު އެޓީމު ވަނީ ކުޅުނު ހަ މެޗުން ޖުމްލަ 14 ޕޮއިންޓު ހޯދާފައެވެ. އަދި އެ ޓީމު ވަނީ ތާވަލުގެ އެއްވަނަ މަގާމު ހޯދާފައެވެ.

މެޗުން ބަލިވި ވޭލްސް އޮތީ ތާވަލުގެ ތިންވަނައިގައި އެވެ. އެއީ ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނަ މަގާމުގައި އޮތީ މެސެޑޯނިއާ އެވެ. އެއީ ކުޅުނު ހަތް މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ.

ވޭލްސް ކާޑިފް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ވޭލްސް އިންނެވެ. މެޗުގެ 8 ވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯ ރޮންޑޮން އެވެ.

ކޮލިފައިން މެޗުން ބަލިވުމާއެކު ވޭލްސްގެ ކުޅުންތެރިން--

މި ލަނޑު ޖެހިތާ ދިހަ މިނިޓު ފަހުން ބެލްޖިއަމަށް ލިބުނު ޕެނަލްޓީއަކުން ޑިބްރޭނާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އިތަން އަމްޕަޑޫ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ބެލްޖިއަމަށް ލިބުނު ޕެނަލްޓީއެކެވެ.

މި މެޗުގައި ބެލްޖިއަމް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 24 ވަނަ މިނިޓުގައި ތޯމަސް މުނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 76 ވަނަ މިނިޓުގައި ބެލްޖިއަމް އަށް ލިބުނު އިތުރު ޕެނަލްޓީއަކުން ކެވިން ޑިބްރޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

ވޭލްސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ނޭތަން ބްރޯޑްހެޑް އެވެ. ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނިޓުފަހުން ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް