ރާއްޖެއާއި ތަޖިކިސްތާނު މެޗުގެ ޓިކެޓުގެ ބޮޑުބައެއް ވިކިއްޖެ

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ޓިކެޓުގެ ބޮޑުބައެއް ވިކިއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ނިޔަލަށް ޓިކެޓުގެ ބޮޑުބައެއް ވަނީ ވިކިފައެވެ. އެގޮތުން ގޮނޑިބަރިއާއި ސިޑިބަރީގެ ތެރެއިން ދޫކުރާ މަދު ޓިކެޓުތަކުގެ ތެރެއިން މިހާރު ނުވިކި ހުރީ މަދު ޓިކެޓުތަކެކެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގެ ހާލަތު މިވަގުތު އޮތްގޮތުން ދޫކުރެވެން އޮތީ މަދު އަދަދެއްގެ ޓިކެޓެވެ. އެގޮތުން ޖުމްލަ 4000 ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 3000 އަށްވުރެ ގިނަ ޓިކެޓު ވަނީ ވިކިފައެވެ.

ދަނޑުގެ އިރުމަތީ ފަޅިއާއި ސަހަރާފަޅީ ސިޑިބަރިތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ޓިކެޓު ދޫކުރަނީ އެތަންތަން ފިޔަވާ އެހެނިހެން ސަރަހައްދުތަކުންނެވެ.

ގައުމީ ޓީމުގެ މެޗު ޕްރޮމޯޓްކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭން ކުޅޭ މެޗަކީ ދެ އަހަރަށް ފަހު ދިވެހި ޓީމުން ކުޅޭ ފުރަތަމަ ހޯމް މެޗެވެ.

މި މެޗަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގެ މެޗަށް ފަހު ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.

ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 15:30 ގައެވެ.

comment ކޮމެންޓް