އާ ކޮމިޝަނަށް ސަފާ ހިމެނޭހެން ތިން ނަމެއް ފާސްކުރުމާމެދު ނިންމަން ތަޅުމަށް

ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު: ސަފާ ހިމެނޭހެން ތިން ނަމެއް މިއަދު ވަނީ ތަޅުމަށް ހުށަހަޅައިފަ -- ފޮޓޯ/ ރައީސް އޮފީސް

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގު ހިމެނޭހެން ތިން މީހެއްގެ ނަން ތަޅުމަށް ފޮނުވައިފިއެވެ.

ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަންގައި ތިބެނީ ނޫސްތަކުން ދެ މެންބަރުންނާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ދެ މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ. އޭގެ ތެރެއިން ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ހަތަރު މެންބަރަކު ހޮވިއިރު، މަޖިލީހުން ކަނޑައަޅާ މެންބަރުންނަށް މިއަދު ވޯޓަށް އަހާނެއެވެ.

https://sun.mv/212846

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޖުމްލަ 10 ނަމެއް ފޮނުވި ނަމަވެސް، ދެ ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވައިފައެވެ. އެހެންވެ ކޮމިޓީން އިންޓަވިއުކުރީ އަށް ފަރާތަކަށެވެ.

އެ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ކޮމިޓީން ނިންމީ ތިން ނަމެއް ތަޅުމަށް ފޮނުވުމަށެވެ. އެއީ:

  • މުހައްމަދު ފަރުސަތު / ހ. ޓޫހާޓްސް (90.5 ޕަސެންޓު)
  • ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު / ބިއްލޫރިވިލާ، ދ. މީދޫ (88.88 ޕަސެންޓު)
  • ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި (87.88 ޕަސެންޓު)

https://sun.mv/212587

ގަވައިދުގައިވާ ގޮތުން ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ ނަންތައް އެކަންޏެވެ.

https://sun.mv/212606

ފާހަގަކުރެވޭ ގޮތުގައި މީގެ ހަފުތާއެއް ކުރިން މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް ވަނީ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ފަރާތުން މެންބަރުން އައްޔަންކޮށްފައެވެ.

އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ.

comment ކޮމެންޓް