ޕެރިސް (20 އޮކްޓޯބަރު 2025) : ފަރަންސޭސިވިލާތުގެ އެންމެ މުހިއްމު އަދި އެންމެބޮޑު ދާރުލްއާސާރު ކަމަށްވާ ލޫވްރެއި އިން ކުރި ވައްކަމުގެ މިންވަރު އެތަށް ބިލިޔަން ޑޮލަރަކަށް އަރާކަމަށް ސަގާފަތާބެހޭ ފަރަންސޭސި ވަޒީރާ ރަޝީދާ ދާތީ ވިދާޅުވެއްޖެއެވެ.
ރަޝީދާ ވިދާޅުވިގޮތުގައި ޕެރިހުގައި ހުންނަ ގައުމީ އެންމެ ބޮޑު ދާރުލްއާސާރުކަމަށްވާ ލޫވްރެއި އިން ގެއްލިފައިވަނީ އަގު ނުކުރެވޭ ފަދަ އަގުބޮޑު ނާދިރު ތަކެއްޗެވެ. ގެއްލުނު އަލިމަހާއި ޔާގޫތާއި އެ ނޫން ވެސް ނާދިރު ޖަވާހިރުތަކުގެ އަގު އެތައް ބިލިޔަން ޑޮލަރަކުން އަންދާޒާ ކޮށްލެވުނު ނަމަވެސް އެތަކެތީގެ ހަގީގީ އަގާއި ތާރީޚީ އަދި ހެރިޓޭޖް އަގު ވަޒަން ނުކުރެވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަރަންސޭސި ދާއުލްއާސާރުން ވަގަށްނެގި ތާރީޚީ ބައެއް ގަހަނާ
ލޫވްރެއި އަށް ވަގުންވަދެ މިތަކެތި ގެންގޮސްފައިވާކަން އެނގުނީ އިއްޔެ ޕެރިހުގެ ގަޑިން ހެނދުނު 10 ޖެހިއިރުއެވެ. މިތަކެތި ވަގަށް ނެގީ 9:30 ން 9:40 އާދެމެދުގެ ވަގުތެއްްގައިކަން މިހާތަނަށް ބެލި ބެލުމުން ހާމަވާކަމަށް ސަގާފަތާބެހޭ ފަރަންސޭސި ވަޒީރާ ވިދާޅުވިއެވެ.
ފަރަންސޭސި ދާޚިލީ ވަޒީރު ލޮރަން ނޮނީޒް ވިދާޅުވިގޮތުގައި ގެއްލިފައިވަނީ އާކައިވްގެ ގޮތުންނާއި އާސާރީ ގޮތުން ބަލާއިރު ދެން ދުވަހަކުވެސް ނުލިބޭނެ ތަކެއްޗެވެ. ގެއްލުނުތަކެތީގައިވާ ޖަވާހިރުތަކުގެ އަގަށްވުރެ ބޮޑީ އޭގެ ހެރިޓޭޖް ވެލިއު ކަމަށާ މިއީ ގައުމަށް ލިބުނު ފޫ ނުބެދޭ ވަރުގެ ގެއްލުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފަރަންސޭސި ދާއުލްއާސާރުން ވަގަށްނެގި ތާރީޚީ ބައެއް ގަހަނާ
ވަގަށްނެގި ތަކެތީގެ ތެރޭގައި ފަރަންސޭސި ކުރީގެ ރަސްރަސްކަލުންނާއި ރަނިކަނބަލުން ބޭނުންކުރެއްވި ތާރީޚީ ޖަވާހިރާއި ގަހަނާތަކާއި ރަނާއި އަލިމަހުން ޖަރީކޮށްފައިވާ ތާޖުތަކާއި ކުރިބޯށިތައް ހިމެނެއެވެ. ފަރަންސޭސި ދާޚިލީ ވަޒީރު ވިދާޅުވިގޮތުގައި ލޫވްރެއި އަކީ ޕެރިހުގައި އެންމެބޮޑަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ފަރަންސޭސި ދާއުލްއާސާރުން ވަގަށްނެގި ތާރީޚީ ބައެއް ގަހަނާ
ފަރަންސޭސި އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ލޫވްރެއި އިން ވަގުންގެ ދެތިން ހަތަރު މީހުން ވަދެ ޖަވާހިރުތައް ވަގަށްނެގީ އެންމެ ހަތަރު މިނިޓު ތެރޭގައެވެ. ދާޚިލީ ވަޒީރު ލޮރަން ނޮނީޒް ވިދާޅުވިގޮތުގައި މިވަރުގެ ބޮޑު ވައްކަމެއް ކޮށްގެން ވަގުން ފިލައިގެން ދިޔުމަކީ ފަރަންސޭސި ދާޚިލީ ސަލާމަތީ ނިޒާމުގެ ހަރުދަނާކަމާމެދު ގައުމުގެ ރައްޔިތުން ގިނަ ސުވާލުކުރާނެ ކަމެކެވެ.

ފަރަންސޭސި ދާއުލްއާސާރުން ވަގަށްނެގި ތާރީޚީ ބައެއް ގަހަނާ
ޚުދު އޭނާވެސްވަނީ މިހާ ބޮޑަށް ފާރަލައި ބަލަހައްޓާތަނަކުން މިހާ ފަސޭހައިން ދެތިން މިނިއްޓު ތެރޭގައި މިހާބޮޑު ވައްކަމެއް ކުރިއިރު ފުލުހުންނަށް އެކަން ރޭކާނުލި މައްސަލާގައި އަޖައިބުވެ އަންތަރީސްވެފައެވެ. ލޫވްރެއި އިން މިބޮޑު ވައްކަން ކުރިއިރުވެސް އެތަން ހުރީ އާންމުންނަށް ހުޅުވާލާފައެވެ. ވައްކަން ކުރުމުގައި ބައިވެރިވީ ތިނެއް ނުވަތަ ހަތަރު ވަރަކަށް މީހުންކަމަށްވަނީ ބެލެވިފައެވެ.

ފަރަންސޭސި ދާއުލްއާސާރުން ވަގަށްނެގި ތާރީޚީ ބައެއް ގަހަނާ
ވަގުން އެތަނަށް ވަންކަމަށްވަނީ އެއިމާރާތުގެ ބޭރުގައިއޮތް ޓްރަކެއްގައިވާ ކެރޭނެއްގެ އެހީގައެވެ. ކެރޭން ބޭނުންކޮށްގެން މަތީ ފަންގިފިލާއެއްގެ ކުޑަދޮރަކާ ހަމައަށް މައްޗަށް ގޮސް އެ ކުޑަދޮރު ތަޅާލުމަށްފަހު އެތެރެއަށް ވަދެގެންނެވެ.
ފަރަންސޭސި ދާޚިލީ ވުޒާރާ ބުނާގޮތުން ފުލުހުން ވަނީ މިހާދިސާގެ ޚާއްސަ ތަހުގީގެއް ފަށާފައެވެ. މީގެތެރޭގައި ވަގަށް ނެގި ތަކެތީގެ ލިސްޓެއް ތައްޔާރުކުރުންވެސް ހިމެނެއެވެ. ފަރަންސޭސި ދާރުލްއާސާރުތަކަކީ އެތަންތަން ރަނގަނޅަށް ބެލެހެއްޓި ކަމަށް ވިޔަސް ވައްކަމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާ ތަންތަނެވެ. މިކަން ކުރަނީ އިސްކޮށް ތިބޭ ފަރާތްތަކުގެ އެއްބާރުލުން ލިބިގެންކަމަށްވަނީ ޝައްކު ކުރެވިފައެވެ.