ޒަމާނީ ވަސީލަތްތަކާއެކު، ދިރިއުޅެވޭ ގޮތަށް ތަރައްގީކުރާ ސަރަހައްދުތައް އެސްއީޒެޑުގެ ގޮތުގައި ކަނޑައަަޅަނީ

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އެސްއީޒެޑްގެ އިސްލާހު ހުށަހެޅުއްވީ އޭނާ -- ފޮޓޯ/ މަޖިލިސް

ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އެސްއީޒެޑު ގާނޫނު އިސްލާހުކުރަން ހުށަހަޅައިފިއެވެ.

ސަރުކާރު ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ހުށަހަޅުއްވަމުން ވިދާޅުވީ، ބިލުގެ ބޭނުމަކީ ސިނާއީ، އިގުތިސާދީ، އިޖުތިމާއީ، އުމްރާނީ، އަދި މާލީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ކަންކަން ކަނޑައެޅުން ކަަމަށާއި، ބިލުގެ ސަބަބުން ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކޮށް ބޭރު ފައިސާ އިތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ޚާއްސަ އިކޮނޮމިކް ޒޯންތައް ތަރައްގީކުރުމަކީ އެކި ދާއިރާތައް ރާއްޖޭގައި ތަރައްގީވާނެ ކަމެއް ކަމަށެވެ.

އެއާއެކު ސިނާއީ ދާއިރާގައި އާ އުފެއްދުންތައް ތައާރަފުވެ، އެކި ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުުރުސަތު ފަހިވުމުގެ އިތުރުން، ރާއްޖޭގެ އިގުތިސާދުުގެ މައިބަދައިގެ އެއްބައި ކަމަށްވާ ފަތުރުވެރިކަމަށް އެކަނި ބަރޯސާވުން ކުޑަކޮށް އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

https://sun.mv/208026

ޝުޖާއު ހުށަހެޅުއްވީ އެސްއީޒެޑު ގާނޫނަށް "ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ތަފުސީލުތައް ހިމަނައި، ބާބެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރަންޏާ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެއެވެ.

އަދި، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ލާޖް ސްކޭލް ރިއަލް އެސްޓޭޓެއް އެ ޒޯނުގައި ތަރައްގީކުރަން ޖެހޭކަމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމުރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެ ތަނުގައި ތަރައްގީކުރަން ޖެހޭކަން ބަޔާންކޮށް، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ހިމަނާފައިވެއެވެ.

https://sun.mv/208026

ހަމަ އެހެންމެ ސަސްޓެއިނެބަލް ޓައުންޝިޕެއް ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓު އިއާދަކުރުވަނިވި ހަކަތައަށް ވާން ޖެހޭނެ ކަމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގައިވެއެވެ.

އަދި، "ސަސްޓެއިނެބަލް ޓައުންޝިޕެއް" ތަރައްގީކުރާ އިންވެސްޓަރުންނަށް އިނާޔަތްތައް ލިބޭނެ ގޮތާއި ޓެކުހުގެ ގޮތުގައި ސަރުކާރުން ނަގާނެ އަދަދު ވެސް މި ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ހިމަނާފައިވެއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ، ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދު (އެސްއީޒެޑް)ތަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނައުން ކަމަށާއި، މިހާރު 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ޔަގީންކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް