ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑު އަތުން އާސެނަލް މޮޅުވެއްޖެއެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި, ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗު އާސެނަލް ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު އާސެނަލަށް ވަނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ ނުވަ ޕޮއިންޓް ލިބިފައެވެ.
މެޗުގައި އާސެނަލް ވަނީ ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ކުޅެ، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އާސެނަލު މި މެޗުގައި ޖެހި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކުރީ ގެބްރިއަލް މަގަލާއިސްއެވެ. މައިލްސް ލުވިސް ސްކެލީގެ ޕާހަކުން ގެބްރިއެލް މާޓިނޭލީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
އެއަށްފަހު އާސެނަލުގެ ތިންގަނަ ލަނޑު ވިކްޓާ ގިޔޮކޭރެސް ކާމިޔާބުކޮށްދީފައިވާއިރު، އޭގެ ތިން މިނިޓު ފަހުން އޭނާ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.