އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ރާއްޖޭގެ ބާޒާރަށް އައު ހަތަރު ޕްރޮޑަކްޓެއް ތައާރަފުކޮށްފިއެވެ.
މި ޕްރޮޑަކްޓްތައް ތަޢާރަފު ކޮށްފައިވާނީ މިވަގުތު ރާއްޖޭގައި ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖަޒްގެ އެންމެ ބޮޑު އެއް އެގްޒިބިޝަން ކަމުގައިވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން 2025ގައެވެ.
މި ޕްރޮޑަކްޓްތަކަކީ ކެމްޕާ ބްރޭންޑުގެ ޖޫސް، މެކް ކޮއިޓީގެ ސައިފަތް، އޮލިމްޕަސް ބްރޭންޑުގެ ޔޯގަޓާއި ޗީޒް އަދި ޗިއޯސް ބެރޭންޑުގެ ޖޫހެވެ.
ކެމްޕާ ބްރޭންޑުގެ ޖޫހަކީ ޖޯޖިއާގެ މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުގެ ޖޫހަކީ ގިނަ ރަހަތަކެއް ހިމެނޭ، އާޓިފިޝަލް މާއްދާއެއް ނުހިމެނޭ ރަހަ މީރު ޖޫހެކެވެ. ގްރީސްގެ މަޝްހޫރު އޮލިމްޕަސް ބްރޭންޑާކީ އެކި ރަހަތަކާއި އެކި ވައްތަރުގެ ޔޯގަޓާއި ޗީޒް ބާޒާރަށް ނެރެ ވިއްކަމުންދާ ބްރޭނެޑެކެވެ.

އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކުރި ޕްރޮޑަކްޓުތަކުގެ ތެރޭގައި ކެމްޕާ ބްރޭންޑުގެ ޖޫސް ހިމެނޭ --
އޮލިމްޕަސް ބްރޭންޑަކީ، ޒަމާނުއްސުރެ ވެސް ގްރީސްގައި ޗީޒް އުފައްދަމުން އައި ގޮތަށް، ކެމިކަލް ބޭނުން ނުކޮށް ޗީޒް އުފައްދާ އޮތެންޓިކް ބްރޭންޑެކެވެ.
ހަމައެއާއެކު މެކް ކޮއިޓީ ސައިފަތަކީ، ސައިފަތް އުފެއްދުމުގައި އޭގެ ދެވަނައެއް ނެތް ސިލޯނުގެ ސައިފަތް ބެރޭންޑެކެވެ. މި ބްރޭންޑުގެ ސައިފަތުގައި ތަފާތު ގިނަ ރަހަތައް އެކުލެވޭއިރު، ހަށިގަނޑަށް ފައިދާ ހުރި ސައިފަތުގެ ވައްތަރުތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން ޗިއޯޒް ގާޑެން ބްރޭންޑަކީ ތާޒާ ރަހަމީރު ޖޫސްތައް ބާޒާރަށް ނެރެމުން އަންނަ، ގްރީސްގެ ބްރޭންޑެކެވެ. ތަފާތު ގިނަ ރަހަތަކެއް އެކުލެވޭ މި ބްރޭންޑުގެ ޖޫހަކީ އެކިއެކި ބުއިންތައް ތައްޔާރު ކުރުމަށްވެސް އެކަށޭނަ މީރު ޖޫހެކެވެ.

އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކުރި ހަތަރު ޕްރޮޑަކްޓެއް، ހޮޓެލް އޭޝިއާ އެގްޒިބިޝަނުން ފެންނަން ހުންނާނެ -- 
މި އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލްގައި، އަލަށް ބާޒާރަށް ނެރުނު ޕްރޮޑަކްޓްތައް ފެންނާން ހުންނާނެއެވެ. އަދި މި ޕްރޮޑަކްޓްތަކާ ބެހޭ އިތުރު މައުލޫމާތުތައް ވެސް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލުން އާއްމުންނަށް ލިބެން ހުންނާނެއެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު އިރުއޮއްސި 19:00ގެ ނިޔަލަށް، ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.