އދ.ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ ބޯޑަށް މަޓީ އިންތިޚާބުކޮށްފި

އދ.ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ ބޯޑަށް މަޓީ އިންތިޚާބުކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ.ގެ ޓޫރިޒަމް އޯގަނައިޒޭޝަންގެ އެފިލިއޭޓް މެންބަރުންގެ ބޯޑު މެންބަރަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންތިޚާބުވެއްޖެއެވެ.

މަޓީ އެ މަގާމަށް އިންތިޚާބުވީ 2026 އިން 2029 އަށް ހިނގާ ދައުރަށެވެ.

މަޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓޫރިޒަމް ބޯޑުގެ އިންތިޚާބުގައި ދެކުނު އޭޝިއާއަށް ދޫކުރި ސަރަހައްދީ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި މަޓީއަށް ކަށަވަރުކޮށްދިނުމަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ފާހަގަކޮށްލެވޭކަމުގެ ހެއްކެއް ކަމަށެވެ.

އދ. ގެ ޓޫރިޒަމް ބޯޑުގައި މަޓީ ތަމުސީލުކުރާނީ އެ ޖަމްއިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އައްސަދު ޢަލީއެވެ.

މަޓީން ބުނީ، އދ. ގެ ޓޫރިޒަމް އެފިލިއޭޓް މެންބަރުންގެ ބޯޑުގައި އިންތިޚާބީ 20 މަގާމެއް ހިމެނޭ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ހަ ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި އަށް ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށް ބޯޑު އެކުލަވާފައިވާ ކަމަށް މަޓީން ބުންޏެވެ.

https://sun.mv/212157

މަޓީން ބުނެފައިވާ ގޮތުގައި މި ބޯޑު މެންބަރުންގެ މަސްއޫލިއްޔަތަކީ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުމާ އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމެވެ.

އަދި، އެފިލިއޭޓް މެންބަރުންގެ ޕްރޮގްރާމް އޮފް ވޯކްއާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުމާއި، އެފިލިއޭޓް މެންބަރުކަމާ ގުޅޭ އިސްތިރާޖީ ކަންކަމުގައި ލަފާދިނުމާއި، ކޮމިޓީން ހަވާލުކުރާ މަސައްކަތްތައް ކުރުން ވެސް ބޯޑުގެ މައިގަނޑު މަސައްކަތްތަކުގައި ތެރޭގައި ހިމެނޭކަން މަޓީން ފާހަގަކުރިއެވެ.

https://sun.mv/212160

ދުނިޔޭގެ ފަތުރުވެރިކަން ތަރައްގީކުރުމާއި އެއްބާރުލުން ދިނުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދާނެ އދ. ޓޫރިޒަމްގެ 26 ވަނަ އާންމު މަޖިލީހުގައި ނޮވެންބަރު 11ގައި ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބާއްވާ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި އައްސަދު ޢަލީ ބައިވެރިވާނެ ކަމަށް މަޓީން ބުނެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި ބައިނަލްއަގްވާމީ ބޯޑުގައި ހިމެނުނު ފުރަތަމަ ފަރާތަކީ މަޓީއެވެ.

ޓޫރިޒަމް ބޯޑުގެ އެފިލިއޭޓް މެންބަރުކަން ސެޕްޓެންބަރު 11، 2019 ގައި ބޭއްވި ޔޫއެންޑަބްލިޔުޓީއޯގެ 23 ވަނަ އާންމު މަޖިލީހުން މަޓީއަށް ލިބިފައިވަނީ ރާއްޖެއިން މި މަގާމުގައި ބައިވެރިވެވުނު ފުރަތަމަ ޖަމިއްޔާގެ ގޮތުގައެވެ.

comment ކޮމެންޓް