މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މުޙައްމަދު ފަރުޝަތު: މީޑިއާ ކޮމިޝަންގެ އައު ރައީސްކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ވަނީ ފަރުޝަތު ހޮވާފަ-----

އަލަށް އުފެއްދި މީޑިއާ ގާނޫނުގެ ދަށުން ވުޖޫދުކުރި މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް މީޑިއާ ކައުންސިލުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފަރުޝަތު މި މަގާމަށް އައްޔަންކުރަން ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ފަރުޝަތު މި މަގާމަށް އައްޔަންކުރަން ކޮމިޓީއަށް ފެންނަ ކަމަށް ނިންމި މީޑިއާ ކޮމިޝަންގެ ހުރިހާ މެންބަރުންނާ އިންޓަވިއުކުރުމަށް ފަހުއެވެ.

މީޑިއާ ކޮންޓްރޯލު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެެ. ކޮމިޝަންގެ ރައީސް އަދި ތިން މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

https://sun.mv/213031

އެގޮތުން، މަޖިލީހުން އެ ކޮމިޝަނަށް އައްޔަނުކުރީ، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތެވެ.

ނޫސްތަކާ ބްރޯޑްކާސްޓަރުންގެ ފަރާތުން އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ.

މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކުން އެ ގާނޫނާ ދެކޮޅު ހަދަނިކޮށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ، އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ތަޖުރިބާކާރު ގިނަ ނޫސްވެރިން ވަނީ ބިލާ ދެކޮޅު ހަދާފައެވެ.

comment ކޮމެންޓް