ވެއިޓްލިފްޓިން އެސޯސިއޭޝަނުގެ ތާރީޚީ ފުރަތަމަ މުބާރާތުގެ ޕާޓްނަރަކަށް އެސްއެސް މީޑިއާ

ވެއިޓްލިފްޓިން އެސޯސިއޭޝަނާއި އެސްއެސް މީޑިއާ އާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްއެސް މީޑިއާ

ވެއިޓްލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރާއްޖޭގައި ބާއްވާ ތާރީޚީ ފުރަތަމަ ދެ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވެއިޓް ލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑަބްލިއުއޭއެމް) އާއި އެސްއެސް މީޑިއާ އާ ދެމެދު އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު އާސިފް (މޮންދު) އެވެ.

ޑަބްލިއުއޭއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ނައިބު ރައީސް މުހައްމަދު ނަޒީހެވެ.

ތައިސޭ ކޮށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގެ ތެރެއިން ވެއިޓް ލިފްޓިން ޗެމްޕިއަންޝިޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.

ވެއިޓްލިފްޓިން އެސޯސިއޭޝަނާއި އެސްއެސް މީޑިއާ އާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްއެސް މީޑިއާ

މި މުބާރާތް ކުރިއަށްދާނީ އެ ދުވަހުގެ މެންދުރު ދެ ގަޑިއިރަށެވެ. އަދި ޕަވާ ލިފްޓިން ޗެމްޕިއަންޝިޕު އަންނަ މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މި މުބާރާތް ވެސް ކުރިއަށްދާނީ މެންދުރާއި ރޭގަނޑުގެ ދެ ދަންފަޅި ހިމެނޭހެން ތިން ގަޑިއިރަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އާސިފް ވަނީ، މި މުބާރާތުގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ދެއްވިކަމަށް ޓަކައި ޝުކުރުއަދާކުރައްވައިފައެވެ.

ވެއިޓްލިފްޓިން އެސޯސިއޭޝަނުގެ ރައީސް ނަޒީހު ވިދާޅުވީ، މި ދެ މުބާރާތުގައި ގާތްގަނޑަކަށް 60 އެތުލީޓުން ބައިވެރިވާ ކަމަށެވެ.

ވެއިޓްލިފްޓިން މުބާރާތް ބާއްވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު ވަގުތެއްގައެވެ. އަދި ޕަވާ ލިފްޓިން ޗެމްޕިއަންޝިޕު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު