އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހެއް

ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހުގައި ސެޓްފިކެޓު ހާސިލުކުރި ދަރިވަރުން --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

ދިވެހި ބަހުގެ އެކެޑަމީން، ދިވެހި ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހެއް އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން އާދިއްތަ ދުވަހުގެ ނިޔަލަށް ހިންގި މި ކޯހުގައި އެ މަރުކަޒުގެ 32 ދަރިވަރުން ބައިވެރިވި ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.

ޅެން ހެދުމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ހަނދާނީ ލިޔުމެއް ހަވާލުކުރަނީ --- ފޮޓޯ/ ދިވެހި ބަހުގެ އެކެޑަމީ

އެކެޑަމީން ބުނީ، މި ކޯހުގައި ދިވެހި ޅެންވެރިކަން ފެށުނު ގޮތާއި ޅެންވެރިކަމުގެ ބާވަތްތަކާއި ތަފާތު ވަޒަންތަކާއި ފިލިކޯޅިއާއި ބަނޑުވައް އަކުރާއި ކާފިޔާ ހަމަކޮށް ޅެން ހަދާނެ ގޮތުގެ މައުލޫމާތާއި ތަމްރީނު ދީފައިވާނެ ކަމަށެވެ.

މި ކޯހުގައި ކިޔަވައިދެއްވީ، ދިވެހި ޅެންވެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޙަސަން ޝާކިރު މުޙައްމަދެވެ.

comment ކޮމެންޓް