ކޮމްޕިއުޓަރު އަޑުން ކޮންޓްރޯލްކުރެވޭ އޯއެސްއެއް ތަރައްގީކުރަނީ

ހިއުމެއިންގެ ސީއީއޯ ތޯރިގް އަމީން -- ފޮޓޯ: ރޮއިޓާސް

މައުސްއާއި ކީބޯޑު މެދުވެރިކޮށް އައިކޮންތަކަށް ކްލިކް ކުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ކޮމްޕިއުޓަރު ކޮންޓްރޯލް ކުރެވޭ އޯއެސްއެއް ސަޢޫދީގެ ކުންފުންޏަކުން ތަރައްގީކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި، ހިއުމެއިން އިން، ކޮމްޕިއުޓަރު ބޭނުންކުރުމުގެ އުސޫލުތައް ބަދަލުކޮށްލާނެ ފަދަ އާ އޮޕަރޭޓިން ސިސްޓަމެއް (އޯއެސް) ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާއިރު، މި އާ އުފެއްދުމުގެ ސަބަބުން، އައިކަންތަކަށް ފިތައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި، ބޭނުންކުރާ ފަރާތްތަކަށް ސީދާ ކޮމްޕިއުޓަރާ ވާހަކަ ދައްކައިގެން ކޮމާންޑްތައް ދެވޭނެއެވެ.

ސަޢޫދީ ސަރުކާރުގެ ސޮވެރިން ވެލްތް ފަންޑު (ޕީއައިއެފް)ގެ ދަށުން ހިންގާ މި ކުންފުނިން މި އޮޕަރޭޓިން ސިސްޓަމަށް 'ހިއުމެއިން ވަން'ގެ ނަން ދީފައިވެއެވެ.

ރިޔާޟްގައި ބޭއްވި ފޯޗޫން ގްލޯބަލް ފޯރަމްގައި ވާހަކަ ދައްކަވަމުން، ހިއުމެއިންގެ ސީއީއޯ ތާރިގް އަމީން ވިދާޅުވީ "އައިކަންތަކަށް ބަލާފައި ވަކި ވަކި އެޕްލިކޭޝަންތަކަށް ކްލިކްކުރުމުގެ ބަދަލުގައި، މިހާރު ޔޫޒަރުން ވާހަކަދައްކާލައިގެން ބޭނުންވާ ކަންތައް މި އޯއެސްގައި ކޮށްލެވޭނެ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ 1980ގެ އަހަރުތަކުން ފެށިގެން ކޮމްޕިއުޓަރު ދުނިޔޭގައި އާންމުވެފައިވާ ވިންޑޯޒް އަދި މެކްއޯއެސް ފަދަ އައިކަން-ބޭސްޑް ސިސްޓަމްތަކަށް އަންނަ ބޮޑު ބަދަލެއް ކަމަށެވެ.

https://sun.mv/213097

މި އިންގިލާބީ އޮޕަރޭޓިން ސިސްޓަމްގެ އިތުރުން، ހިއުމެއިން އިން އޭއައި ޓެކްނޮލޮޖީއަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށްޓަކައި، ގާތްގަނޑަކަށް ހަ ގިގަވޮޓް ގެ ޑޭޓާ ސެންޓަރެއް ޤާއިމުކުރުމަށް ރާވަމުން އަންނަ ކަމަށް ވެސް ސީއީއޯ ހާމަކުރެއްވިއެވެ. ނަމަވެސް، މި ޑޭޓާ ސެންޓަރުތައް ބިނާކުރާނެ ތަނެއް އަދި ހާމައެއް ނުކުރެއެވެ.

މިދިޔަ މޭ މަހު ސަޢޫދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޗެއަމަންޝިޕްގެ ދަށުން އުފެއްދި ހިއުމެއިން އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި އޮޕަރޭޓިން ސިސްޓަމްގެ މަސައްކަތް ފަށާފައިވެއެވެ.

މިހާރުވެސް އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހިއުމަން ރިސޯސް ކަންކަން ބެލެހެއްޓުމަށް މި އާ އޮޕަރޭޓިން ސިސްޓަމް ބޭނުންކޮށް ޓެސްޓްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު