އަލް ނަސްރު ބަލިކޮށް އިއްތިހާދު، ކިންގްސް ކަޕުގެ ކުއާޓާއަށް

އަލް އިއްތިހާދާއި އަލް ނަސްރު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް އަލް އިއްތިހާދުން ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އަލް އިއްތިހާދުން ހޯދީ ވާދަވެރި ކުޅުމަކަށްފަހު އަލް ނަސްރުގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ރިޔާޟުގެ އަލް އައްވާލް ޕާކްގައި ކުޅުނު މި މެޗުގައި އަލް ނަސްރުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފެނުނީ ގިނަ ބޯޅަތަކެއް ނިންމާނުލެވި އުޅުނު ތަނެވެ. އެއާއެކު އެ ޓީމުގެ ޑިފެންސްލައިނަށް ބާރުބޮޑުވިއެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ އަލް އިއްތިހާދުންނެވެ. މިއީ މެޗުގެ 15 ވަނަ މިނިޓުގައި ކަރީމް ބެންޒެމާ ކާމިޔާބުކުރި ލަނޑެކެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މޫސާ ޑިއާބީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އަލް އިއްތިހާދާއި އަލް ނަސްރު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަސް

މި ލަނޑު ޖެހިތާ 15 މިނިޓު ފަހުން އަލް ނަަސްރުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އަރިމަތިން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރަސްކުރި ބޯޅައެއް އިއްތިހާދުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ނިކުތް ވަގުތު އެންޖެލޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

އިއްތިހާދުން ވަނީ، އަލް ނަސްރުން ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ފުރަތަމަ ހާފުގެ ފަހުކޮޅު ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހުޝާމް އައުއާ އެވެ.

މީގެ އިތުރުން މި މެޗުގެ ދެވަނަ ހާފުގައި ރޮނާލްޑޯއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ފެނުނީ ފުރުސަތުގެ ބޭނުން ނުހިފުނު މަންޒަރެވެ.

comment ކޮމެންޓް