އަންހެނުންގެ ނޭޝަންސް ލީގު ފައިނަލަށް ސްޕެއިނާއި ޖަރުމަނު

ޔުއެފާ ނޭޝަންސް ލީގުގެ އަންހެން ފުޓުބޯޅަ ފައިނަލަށް ސްޕެއިން އާއި ޖަރުމަނު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ޖަރުމަނު ދަތުރުކޮށްފައިވަނީ ދެ ލެގު ކުޅެގެން އެގްރިގޭޓު ނަތީޖާއަކުން ފްރާންސް ބަލިކޮށްގެންނެވެ.

ދެވަނަ ލެގު ރޭ ކުޅުނުއިރު، މި ލެގު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ފުރަތަމަ ލެގު ޖަރުމަނު 1-0އިން ކާމިޔާބުކޮށްފައިވުމާއެކު، ޖަރުމަނު ކުއާޓާއަށް ދަތުރުކުރީ 3-2ގެ އެގްރިގޭޓު ނަތީޖާއަކުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ސްޕެއިން ދަތުރުކޮށްފައިވަނީ ސްވިޑަންގެ މައްޗަށް ކުރި ހޯދައިގެެންނެވެ. އެއީ ރޭ ކުޅުނު ދެވަނަ ލެގާއެކު އެގްރިގޭޓު 5-0ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި ސްޕެއިން ވަނީ ހަތަރު ލަނޑު ޖަހައިފައެވެ.

އަންނަ މަހު ކުޅޭ ފައިނަލް މެޗުގައި ކުޅޭނީ ދެ މެޗެވެ. އެއީ ދެ ގައުމުގައި ދެ ލެގެވެ. ފުރަތަމަ ލެގު އަންނަ މަހުގެ 28 ވަނަ ދުވަހު ޖަރުމަނުގައި ކުޅުމަށްފަހު ދެވަނަ ލެގު ސްޕެއިނުގައި ކުޅޭނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ.

ޔޫރަޕުގެ އަންހެން ފުޓުބޯޅައިގައި ޖަރުމަނާއި ސްޕެއިން އަކީ ވަރުގަދަ ދެ ބާރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު