ގްރިޓްޒޯނުން އެހީތެރިންގެ ދުވަސް ފާހަގަކޮށްފި

ގްރިޓްޒޯންގެ ފަރާތުން އެހީތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޔަވައްޗަށް ހަދިޔާއެއް ދެނީ --- ފޮޓޯ: ގްރިޓްޒޯން

އިންޓަނޭޝަނަލް ޑޭ އޮފް ކެއާގިވާސް އެންޑް ސަޕޯޓާސް، ނުވަތަ ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ބެލެހެއްޓުންތެރިންނާއި އެހީތެރިންގެ ދުވަސް ގްރިޓްޒޯންގެ ފަރާތުން މިއަދު ފާހަގަކޮށްފިއެވެ.

ގްރިޓްޒޯނުން ބުނީ ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ބެލެހެއްޓުންތެރިންނާއި އެހީތެރިންގެ ދުވަސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ފާހަގަކޮށްފައިވާ ކަމަށާއި، އެއީ ހުޅުމާލެއާއި ބ. އޭދަފުށްޓާއި ކުޅުދުއްފުށީގައި ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ފިޔަވަތީގަ އާއި، އޭދަފުށްޓާއި ކުޅުދުއްފުށީގައި ހިންގާ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ އެހީތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދުވަހާ ގުޅޭ ކާޑަކާއި ރަމްޒީ ހަދިޔާއެއް ހަވާލުކޮށްފައިވާ ކަމަށް، ގްރިޓްޒޯނުން މައުލޫމާތުދެއެވެ.

ގްރިޓްޒޯނަކީ މީގެ އަހަރެއް ކުރިން ވެލްނަސް ކޯޗުންކަމަށްވާ އައިޝަތު ޝާމިލާ ޝަމީމާއި މިރުފަތު ފާއިޒާއި މަރިޔަމް ޝިޔާމާއާއި އަހްމަދް ފާރިޝްގެ އިތުރުން މެލޭޝިއާގެ ވެލްނަސް އެކްސްޕާޓުންނާ ގުޅިގެން އުފައްދާފައިވާ ވެލްނަސް ޕްލެޓްފޯމެކެވެ.

ގްރިޓްޒޯނުން ބުނީ އެ ޕްލެޓްފޯމްގެ އަމާޒަކީ އުފާވެރި، ނަފްސާނީގޮތުން އަދި ޖިސްމާނީގޮތުން ދުޅަހެޔޮ، އަދި މާލީ ގޮތުން ފުދުންތެރި މުޖުތަމައެއް ބިނާކޮށް މީހުން ބާރުވެރިކުރުމަށް މަސައްކަތްކޮށް، ފުރުސަތު ހޯދައިދީ، ބައިވެރިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވާން ހިތްވަރުދީ އެހީވެދިނުން ކަމަށެވެ.

comment ކޮމެންޓް