އަންނަ އަހަރު ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފި

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަންނަ އަހަރު މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު ރަސްމީ ރިޒާވްގައި ހުރީ 838.6 މިލިއަން ޑޮލަރެވެ. އޭގެ ކުރިން މިދިޔަ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ އެންމެ 673.9 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު އިގުތިސާދީ ދުވެލި ހުންނާނީ 5.3 އިންސައްތައިގައެވެ.

https://sun.mv/213335

އަންނަ އަހަރާއި 2028 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވްރެޖްކޮށް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ 4.9 އިންސައްތައިގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެއްކޮށް ހުޅުވުމާ އެކު، އަދި ސަރަހައްދީ އެއާޕޯޓުތައް ތަރައްގީކުރުމުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ނޫން ދާއިރާތައް ވެސް ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

https://sun.mv/213336

އެއީ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ހިންގުމުގެ ޚަރަދަށެވެ. އެއީ ޖުމުލަ ބަޖެޓުގެ 62 އިންސައްތައެވެ.

އެ ބަޖެޓުގައި ދަރަނި އަނބުރާ ދައްކަން 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ.

comment ކޮމެންޓް