40 އުޅަނދަކަށް ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދޭ ގޮތަށް ގަވައިދު އާންމުކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް: މިއަދު ވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭ ގަވައިދު އާންމުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ކަނޑައަޅައި، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު އާންމުކޮށް، މިއަދު އަމަލުކުރަން ފަށައިފިއެވެ.

މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއާއެކު، ކަށިމިޔަރުގެ މަސްވެރިކަމަށް ނޮވެންބަރު މަހު ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓު މަހުގެ 26ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ މި ގަވައިދާއެކު، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭން ވެސް އާންމުކޮށްފައެެވެ.

ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ ގަވައިދުގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނ،ީ އެންމެ ގިނަވެގެން ޖުމުލަ 40 އުޅަނދަށެވެ. ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް،
ދަފުތަރު ކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އަދި ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. ގަވައިދުގައިވާ ގޮތުން ލައިސަންސްގެ މުއްދަތަކ،ީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލެވެ.

ލައިސަންސް އައުކުރަން ހުށަހަޅައިފައިނުވާ ނަމަ، ހުސްވާ ޖާގައަށް ލައިސަންސް ދޫކުރެވޭނ،ީ ދަފުތަރުގައިވާ ތަރުތީބުން ކަމަށް ވެސް ގަވައިދުގައިވެއެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގައެެވެ. އަދި ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިޢުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން
މުއްދަތަކަށެވެ.

މީގެ އިތުރުން، ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ކަށިމިޔަރު ގަންނަންވާނ،ީ މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ސަޕްލައިކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުންނެވ.ެ

މި ގަވައިދާ ޚިލާފުވާ ފަދަ ކަމެއް ކޮށްފިނަމަ، 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ވެސް ކުރެވެއެވެ. އެގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކޮށްފި ނަމަ، 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެެވެއެވެ.

comment ކޮމެންޓް