ކ. ގުޅީފަޅުން ގޯތި ލިބުނު ދެހާހަށް ވުރެ ގިނަ މީހުންނަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ރަޖިސްޓްރީ ދޫކޮށްފިއެވެ.
ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހެވެ.
މިއަދު އެމިނިސްޓްރީން ވަނީ މިހާތަނަށް 2،032 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ބުނެފައެވެ.
މިފަހުން އެ މިނިސްޓްރީން ވަނީ، އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވެފައިނުވާ މީހުންނަށް އެ ތަކެއްޗާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް، އެޕޮއިންޓުމަންޓަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް އިތުރުކޮށްފައެވެ.
އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވެފައިނުވާ މީހުންނަށް އެތަކެއްޗާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް، އެޕޮއިންޓުމަންޓަށް އެދުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް އިތުރުކޮށްފައެވެ.

ގުޅިފަޅު: އެތަނުން ގޯތި ލިބުނު ދެހާހަށްވުރެ ގިނަ މީހުންނަށް ވަނީ ރަޖިސްޓްރީ ދޫކޮށްފައ --- ފޮޓޯ/ ހައުސިން މިނިސްޓްރީ
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގައެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ، މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެއެވެ.