ނަޒާހަތްތެރިކަން ކަށަވަރުކުރުމުގައި އެންމެން ތިބީ އެކުގައި: ފަނޑިޔާރު ޝަހީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޗައިނާގައި

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި އަދުލުގެ ނިޒާމުގެ ސަގާފަތުގައި ތަފާތުތަކެއް ހުރުމާއި އަދި ދިމާވާ ގޮންޖެހުންތައް ތަފާތު ނަމަވެސް، އަދުލު އިންސާފު ގާއިމުކުރުމުގައި އަދި ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގައި އެންމެން ތިބީ އެކުގައި ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ވިދާޅުވެއްޖެއެވެ.

އަދުލުގެ ނިޒާމުގެ ސަގާފަތުގައި ތަފާތުތަކެއް ހުރުމާއި އަދި ދިމާވާ ގޮންޖެހުންތައް ތަފާތު ނަމަވެސް، އަދުލު އިންސާފު ގާއިމުކުރުމުގައި އަދި ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގައި އެންމެން ތިބީ އެކުގައި ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ވިދާޅުވީ، 29 އޮކްޓޫބަރުން ނޮވެންބަރު 11 އާ ހަމައަށް ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ، ދެކުނު އޭޝިޔާ ސަރަހައްދުގެ ފަނޑިޔާރުންގެ ސެމިނާގައި، ރާއްޖޭގެ ޑެލިގޭޓުންގެ ހެޑުގެ ގޮތުން ދެއްވި ހިތާބުގައެވެ.

ފަނޑިޔާރު ޝަހީދުގެ ހިޠާބުގައި، އަދުލު އިންސާފު ގާއިމުކުރުމުގައި އަދި ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގައި އެންމެން ތިބީ އެކުގައި ކަން ފާހަގަ ކުރައްވައި، އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.

މިގޮތުން ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ރައްތަކަކަށް ބެހިފައިވާ ޤައުމެއް ކަމުގައިވާއިރު، އަދުލު އިންސާފު ލިބިގަތުމަށް ހުރި ހުރަސްތައް ކުޑަކޮށް، އަވަސް ކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި، ޒަމާނީ ވަސީލަތްތަކުގެ އަލީގައި، އޮންލައިންކޮށް ޝަރީޢަތްކުރުންފަދަ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ޗައިނާ ސަރުކާރުން އިންތިޒާމްކޮށް، ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ މި ސެމިނާގައި ރާއްޖޭގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ އަރިހުގައި ދިވެހިރާއްޖޭގެ ހައިކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ސިވިލް ކޯޓުގެ ޤާޟީ އަލީ އަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން، ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޑިރެކްޓަ ޖެނެރަލް އަހްމަދު އަލީ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާ ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ބައިވެރިވެއެވެ.

comment ކޮމެންޓް