ހިޔާ ޓަވަރަކުން މިއަދު މީހަކު ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހެނދުނު 8:32ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ 33 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އެ މުއައްސަސާއިން ހިއްސާނުކުރެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.