ލާމަސީލު ލާމު ވާހަކަދެއްކުމުގެ ތިން ވަނަ އަތޮޅު މުބާރާތުގެ އެންމެ މޮޅު ވާހަކަދެއްކުންތެރިއަކަށް އައިޝަތު ޙުސްނު މުޙައްމަދު ހޮވި، މުޅި މުބާރާތުން އެއްވަނަ ކައުންސިލަކަށް އެ އަތޮޅު ގަމު ކައުންސިލް ހޮވިއްޖެއެވެ.
ހަމައެކަނި ހައްދުންމަތީގެ ކައުންސިލް ޓީމުތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ވަނަތައް ދީފައި ވަނީ، 14 އަހަރުން މައްޗާއި ދަށުގެ އުމުރު ފުރައަށް ވަކިންނެވެ.
އިއްޔެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެންމެ މޮޅު ތިން ދަރިވަރުންނާއި ކައުންސިލަށް ވަނީ އިނާމު ދީފައެވެ.

ލާމަސީލު ލާމު މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ލާމު އަތޮޅު ކައުންސިލް
އެގޮތުން، މުޅި މުބާރާތުން ދެވަނައަށް އެންމެ މޮޅު ވާހަކަދެއްކުންތެރިއަކަށް ހޮވުނީ އާއިޝް އަހުމަދު ހަންނާން ކަމަށްވާއިރު، ތިންވަނަ ހާސިލުކުރީ، ޒުހާ ނާޞިރެވެ. އަދި، ފަޚުރުވެރި އެއްވަނަ ހާސިލުކުރީ، އައިޝަތު ޙުސްނު މުޙައްމަދެވެ.
މުޅި މުބާރާތުން އެއްވަނަ ކައުންސިލުގެ މަގާމު ހޯދީ، ލ. ގަމު ކައުންސިލެވެ. ދެވަނަ ހާސިލުކުރީ ފޮނަދޫ ކައުންސިލެވެ. އަދި، ތިން ވަނަ ހާސިލުކުރީ ހައްދުންމަތީ އިސްދޫ ކައުންސިލެވެ.
ސާދަ އަހަރުން ދަށުގެ އުމުރުފުރާ:
- އެއްވަނަ: ފޮނަދޫ ކައުންސިލް ޓީމުގެ ޒުހާ ނާސިރު
- ދެވަނަ: ފޮނަދޫ ކައުންސިލް ޓީމުގެ އަދާ އަޙުމަދު މުއިއްޒު
- ތިން ވަނަ: ފޮނަދޫ ކައުންސިލް ޓީމުގެ ޝުއައިބު އިބްރާހިމް ރަޝީދު

ލާމަސީލު ލާމު މުބާރާތުން ވަނަ ހާސިލުކުރި ދަރިވަރަކަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/ ލާމު އަތޮޅު ކައުންސިލް
ސާދަ އަހަރުން މަތީގެ އުމުރުފުރާ:
- އެއްވަނަ: ގަމު ކައުންސިލް ޓީމުގެ އައިޝަތު ހުސްނު މުޙައްމަދު
- ދެވަނަ: ގަމު ކައުންސިލް ޓީމުގެ ޢާއިޝް އަބްދުލްހަންނާން
- ތިންވަނަ: ގަމު ކައުންސިލް ޓީމުގެ މުޙައްމަދު އައިދިން އަރީޝް
މީގެ އިތުރުން، މުބާރާތުގެ ފަނޑިޔާރުންނަށާއި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.