އެޗްއާރްސީއެމްއަށް މި އަހަރުގެ ފުރަތަމަ 6 މަހު 413 މައްސަލަ، ނިންމުނީ 238 މައްސަލަ

ދާދި ފަހަކާ ޖެހެންދެން އެޗްއާރުސީއެމްގައި ތިއްބެވި ބައެއް މެންބަރުން: އެ މެންބަރުން ތިއްބެވިއިރު ފުރަތަމަ ހަ މަހު 238 މައްސަލަ ނިންމި-- ފޮޓޯ/ އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގައި މިއަހަރުގެ ފުރަތަމަ ހަ މަހު 413 މައްސަލަ ރަޖިސްޓާ ކޮށްފައިވާއިރު އެ ކޮމިޝަނަށް ނިންމުނީ 238 މައްސަލަ ކަމަށް ހާމަކޮށްފިއެވެ.

އެޗްއާރްސީއެމް އިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރުގެ ޖެނުވަރީއިން ޖޫންއަށް އެ ކޮމިޝަންގައި 413 މައްސަލަ ރަޖިސްޓާކޮށްފައިވެއެވެ.

ޕީޖީއަށް ފޮނުވާ ކޭސް ހިމެނޭގޮތަށް މި މުއްދަތުގެ ތެރޭގައި 238 މައްސަލަ ނިމިފައިވާ ކަމަށް އެޗްއާރްސީއެމް އިން އާންމުކުރި މައުލޫމާތުގައިވެއެވެ. އެ ކޮމިޝަނުން މިހާރު ބަލަމުންދަނީ 417 މައްސަލަ ކަމަށްވެސް ބުނެފައިވެއެވެ.

އެ ކޮމިޝަނުން އާންމުކުރި އިތުރު މައުލޫމާތަށް ބަލާއިރު، ޖެނުވަރީ އިން ޖޫންއަށް އެޗްއާރްސީއެމްއިން ވަނީ 35 މުޒާހަރާއެއް އޮބްޒާވްކޮށްފައެވެ.

އެޗްއާރްސީއެމް އިން ހިންގި ސެޝަނެއްގެ ތެރެއިން---ފޮޓޯ: އެޗްއާރްސީއެމް

އަދި 227 މައްސަލަ، އެކޮމިޝަންގަައި ލޮޖްކޮށްފައިވާ ކަމަށް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުގައި ވެއެވެ. އޭގެ ތެރެއިން 166 މައްސަލަ ލޮޖް ކުރީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން ކަމަށް ބުނެފައިވެއެވެ. އަދި 61 މައްސަލަ، އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެޗްއާރްސީއެމްގައި ލޮޖްކޮށްފައިވެއެވެ.

ކޮމިޝަންގެ ވިސްލްބްލޯވާ ޔުނިޓަށް 13 މައްސަލަ ހުށަހަޅާފައިވާއިރު ޖޫން އިން ޖެނުވަރީއަށް ވިސްލްބްލޯވާ ޔުނިޓުން ވަނީ 12 މައްސަލައެއްގެ މަސައްކަތް ނިންމާފައެވެ.

ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހުގައި 33 މައްސަލަ ރަޖިސްޓާކޮށްފައިވާއިރު އެ އޮފީހުގައި 22 މައްސަލަ ލޮޖްކޮށްފައިވެއެވެ. އެ އޮފީހުގައި މިވަގުތު 98 މައްސަލަ ބަލަމުން އެބަދެއެވެ. އަދި ޖުމްލަ 14 މައްސަލަ ނިންމާފައިވާ ކަމަށްވެއެވެ.

ކޮމިޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީންތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ރާއްޖޭގައި ހިންގި 20 ތަމްރީނުގެ ތެރެއިން 59 މުވައްޒަފުން ތަމްރީނުކޮށްފައިވާ ކަމަށް އެޗްއާރްސީއެމްގެ ތަފާސްހިސާބުން ދައްކައެވެ. ހޭލުންތެރިކަމުގެ ހަރަކާތްތަކާ ތަމްރީންތައް 2657 ކުޑަކުދިން، 445 ފުލުހުން، 22 މުދައްރިސުން އަދި 430 ސިވިލް ސާވަންޓުންނާއި 34 ޖަލު އޮފިސަރުންނަށް ހިންގާފައިވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމް އިން ބައިނަލްއަގްވާމީ ގުޅުންތައް ގާއިމުކުރުމަށް 24 ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ބައްދަލުވުން ބާއްވާފައިވެއެވެ. އަދި ކޮމިޝަންގެ މެންބަރުން ހިމެނޭހެން 56 މުވައްޒަފުން މި މިފަދަ ބައްދަލުވުން، ކޮންފަރެންސް އަދި ސިމްޕޯސިއަމްތަކުގައި ބައިވެރިވެފައިވެއެވެ.

އެޗްއާރްސީއެމް އިން މިއަހަރުގެ ފުރަތަމަ ހަ މަހުގައި ޖުމްލަ 47 ޖަލްސާތައް ބާއްވާފައިވެއެވެ.

https://sun.mv/213279

އެއާއެކު، އެޗްއާރްސީއެމް އިން ވަނީ 24 ގާނޫނާއި ބިލަށް އިސްލާހު ހުށަހަޅައި، 56 މައްސަލަތަކެއްގައި ލީގަލް ރިވިއު ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ބިލު، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

comment ކޮމެންޓް