ޖަޕާނު ސަރުކާރުން ދޭ، ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ފަސް ދުވަހަށް ވެއްޖެއެވެ.
އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހަށެވެ.
ސްކޮލާޝިޕް ދޭން ހަމަޖެހިފައިވާ ޕްރޮގްރާމްތައް:
- އިންޓަނޭޝަނަލް ޔުނިވަސިޓީ އޮފް ޖަޕާން (އައިޔޫޖޭ): މާސްޓަ އޮފް އާޓްސް އިން އިކޮނޮމިކްސް ނުވަތަ މާސްޓާ އޮފް އާޓްސްއިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް
- ރިޓްސުމެއިކަން ޔުނިވާސިޓީ: މާސްޓަ އޮފް އާޓްސްއިން އިންޓަނޭޝަނަލް ރިލޭޝަންސް
- ރިޓްސުމެއިކަން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (ރިޓްސުމެއިކަން އޭޕީޔޫ): މާސްޓަ އޮފް ސައިންސް އިން އިންޓަނޭޝަނަލް ކޯޕަރޭޝަން ޕޮލިސީ

ޖަޕާނު: އެގައުމުން ދޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ވަނީ ފަސް ދުވަހަށް ވެފައި ----
މި ސްކޮލާޝިޕަށް ހުށަހެޅޭނީ ދިވެހި ސަރުކާރުން ބަލައިގަންނަން ބެޗެލާސް ޑިގްރީއެއް އޮންނަ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި، ކޯޓުތަކާއި ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނަށެވެ.
އެ މުވައްޒަފުންނަކީ މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފުލްޓައިމްކޮށް މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވާން ޖެހެއެވެ.
އެ ސްކޮލަޝިޕްގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަންތައް މި މަހު 16 އަދި 19 ވަނަ ދުވަހު ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
މި ސްކޮލަޝިޕާ ގުޅުން ހުރި އިތުރު މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.