ނުރައްކާތެރި ހާދިސާތަކުގެ އިންޒާރުދޭ ފީޗާއެއް އައިފޯނަށް!

އައިއޯއެސް 26.2 ގެ ބީޓާ 1 ވަނީ ނެރެފައި ---

އެޕަލްގެ އެންމެފަހުގެ އައިއޯއެސްގައި ބިރުވެރި ހާދިސާތަކުގެ އިންޒާރުދޭ ފީޗާއެއް ހިމަނައިފިއެވެ.

އެޕަލް ކުންފުނިން އުފައްދާ އައިފޯނުތަކަށް އަންނަ އައިއޯއެސްގެ އާ ވާޝަން، އައިއޯއެސް 26.2 ގެ ފުރަތަމަ ޑިވެލޮޕާ ބީޓާ (ބީޓާ 1) ނެރެފައިވާއިރު، މި އާ ވާޝަންގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ "އެންހެންސްޑް ސޭފްޓީ އެލާޓްސް"ގެ ނަމުގައި ތައާރަފުކޮށްފައިވާ އާ ފީޗާއެކެވެ.

ނުރައްކާތެރި ހާދިސާތައް އާއްމުކޮށް ދިމާވާ ސަރަހައްދުތަކުގައި ދިރިއުޅޭ ޔޫޒަރުންނަށް، މި ފީޗާގެ ސަބަބުން، ބިންހެލުން އަދި އެހެނިހެން ބިރުވެރި ހާދިސާތައް ކުރިމަތިވުމުގެ ކުރިން އިންޒާރުގެ މެސެޖުތައް ލިބޭނެއެވެ.

މިފީޗާ އެޕަލްއިން އިތުރުކުރި ނަމަވެސް ޔޫޒަރުންނަށް މި އިންޒާރުތައް ލިބުން ނުވަތަ ނުލިބުން ކޮންޓްރޯލްކުރުމުގެ އިޚްތިޔާރު ލިބެއެވެ. އެގޮތުން ސެޓިންސްއަށް ގޮސް، ނޮޓިފިކޭޝަންސްއިން ޚިޔާރު ކުރެވޭނެއެވެ.

https://sun.mv/212968

މި ފީޗާ ބޭނުންކުރެވޭނީ، ޑިވައިސް ބޭނުންކުރާ މީހާގެ ލޮކޭޝަން، ޕްރައިވެސީ ސެޓިންސްއިން 'އޮން' ކުރުމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މި އާ ސޭފްޓީ އެލާޓްސްއަށް ޚާއްސަ އާ އެލާޓް ޓޯނެއް ވެސް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން، މި އާ ބީޓާގައި ރިމައިންޑާ އެލާމްސް ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ ސަބަބުން ޔޫޒަރުނަށް "އާޖެންޓް" އޮޕްޝަން ބޭނުންކޮށްގެން ރިމައިންޑާ އެލާމްތައް ސެޓްކުރެވޭނެއެވެ. މި އެލާމްތައް ޑިސްމިސް ނުވަތަ ސްނޫޒް ވެސް ކުރެވޭނެއެވެ.

އައިއޯއެސް 26.2ގެ ފައިނަލް ވާޝަން އަންނަ ޑިސެމްބަރު މަހު ނެރެން އެޕަލްއިން ރާވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ވާޝަން ލިބޭނީ އައިއޯއެސް 26 އަށް ސަޕޯޓްކުރާ ހުރިހާ ޑިވައިސްތަކަށެވެ.

އެޕަލް ކުންފުނިން އައިފޯންތަކަށް އައިއޯއެސް އަޕްޑޭޓްތައް ދަނީ އަބަދުވެސް ނެރެމުންނެވެ. މި އަޕްޑޭޓްތަކުގައި އާ ފީޗާތައް ތަޢާރަފުކުރުމުގެ އިތުރުން ސެކިއުރިޓީ ރައްކާތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރެއެވެ.

"އެންހެންސްޑް ސޭފްޓީ އެލާޓްސް" ފަދަ ފީޗާތައް ތަޢާރަފުކުރުމަކީ، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެހީތެރިވެދިނުމަށް އެޕަލް އިން ކުރާ މަސައްކަތެކެވެ. މީގެ ކުރިންވެސް ބިންހެލުން ފަދަ ކާރިސާތަކަށް އިންޒާރުދޭ ސިސްޓަމްތައް ބައެއް ގައުމުތަކުގައި ބޭނުންކުރަމުން އައިސްފައިވެއެވެ.

މިފަދަ ފީޗާތައް ފޯނުތަކުގައި ހިމެނުމުން، ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ބޮޑު އެހީއަކަށް ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު