ރިސޯޓުތަކުގައި ބޭނުންކޮށް އުކާލައިފައިވާ ތެލުގެ 46 ހަމާއެކު، ފަސް ބިދޭސީން ހައްޔަރުކޮށްފި

ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރި މީހުން -- ފޮޓޯ/ ފުލުހުން

މޯލްޑިވްސް ފުޑް ޑްރަގް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގާފައިވާ ގޮތާ ޚިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި, ހުޅުމާލޭން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި، ޕިކަޕަކަށް އަރުވަމުންދާކަމަށް އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފުލުހުން ހޯދައިފައިވޭ -- ފޮޓޯ/ އެމްއެފްޑީއޭ

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް ދެން ތިބި ހަތަރު މީހުން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެއީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހު އެމްއެފްޑީއޭއިން ވަނީ، ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެފަދަ މައްސަލަތަކުގައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ވަނީ ދީފައެވެ.

https://www.sun.mv/78485

މާލޭގެ ބައެއް ހޮޓާތަކާއި ކެފޭތަކުގައި، ރިސޯޓުތަކުން އުކާލާ ތެޔޮ ބޭނުންކުރާ މައްސަލަ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ފެންމަތިވެފައިވެއެވެ.

ތެޔޮ ފަދަ އެއްޗެއް ދެ ވަނަ ފަހަރަށް ބޭނުން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށްވާއިރު، ތަޣައްޔަރުވެފައި ހުންނަ ތެލުގެ ސަބަބުން ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާނެ ކަމަށް ސިއްހީ ބޭފުޅުން ވިދާޅުވެއެވެ.

comment ކޮމެންޓް