ވަރަށް ޚާއްސަ އަގުތަކާއެކު މެކްސްކޮމްގެ އަހަރު ނިމޭ ސޭލް ފަށައިފި

މެކްސްކޮމް ފިހާރައިގައި ވިއްކާ ލެޕްޓޮޕްތަކެއް: ވަރަށް ޚާއްސަ އަގުތަކާއެކު މެކްސްކޮމްގެ އަހަރު ނިމޭ ސޭލް ފަށައިފި -- ފޮޓޯ/ މެކްސްކޮމް

ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކާއި ސޮފްޓްވެއާގެ ވިޔަފާރިކުރާ މަޝްހޫރު 'މެކްސްކޮމް ކޮމްޕިއުޓާސް'އިން ވަރަށް ޚާއްސަ އަގުތަކާއެކު އަހަރު ނިމޭ ސޭލް ފަށައިފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް އަހަރު ނިމޭ ހިސާބުގައި މެކްސްކޮމްއިން ގެންދާ ޕްރޮމޯޝަނެކެވެ.

މެކްސްކޮމްއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން 'ޑެލް' ބްރޭންޑާއި 'އެމްއެސްއައި' ބްރޭންޑުގެ ޑެސްޓޮޕްތަކާއި, ލެޕްޓޮޕްތަކާއި، އެއަށް ބޭނުންވާ އެކްސެސަރީތައް ޚާއްސަ ޑިސްކައުންޓްތަކެއްގައި ލިބޭނެ ކަމަށެވެ.

މެކްސްކޮމް ފިހާރަ: ވަރަށް ޚާއްސަ އަގުތަކާއެކު މެކްސްކޮމްގެ އަހަރު ނިމޭ ސޭލް ފަށައިފި -- ފޮޓޯ/ މެކްސްކޮމް

މީގެ އިތުރުން ޑެލްގެ އެންމެ ފަހުގެ ޕްރޯ ސީރީޒްގެ ޑެސްކްޓޮޕްތަކާއި، ލެޕްޓޮޕް އަދި ކޮމްޕިއުޓަރު، ތިން އަހަރުގެ ވޮރެންޓީއާއެކު ލިބެން ހުންނާނެ ކަމަށް ވެސް މެކްސްކޮމްއިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ލެޕްޓޮޕްތަކުގެ އަގުތައް ފެށޭނީ 8،900 ރުފިޔާއިން ކަމަށް މެކްސްކޮމްއިން ބުންޏެވެ.

މެކްސްކޮމްއަކީ ޑެލްގެ އިތުރުން ވާވޭއާއި، އެމްއެސްއައިއާއި، ވާޓިވްއާއި، އެކްސްޓެލް އަދި ޑީޓެކްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.

comment ކޮމެންޓް