ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް

ހުޅުމާލެ ފޭސް ދެއަކުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި, ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު /ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ 05:55 އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް އެ ކުއްޖާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ހަމަ އެ ދުވަހު ކަމަށެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުންހުރި ފަރާތްތަކާ އެކަމުގެ މައުލޫމާތު ހިއްސާކޮށް, ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އަދި ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން، ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި, މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ކުޑަކުދިން ވެސް ހިމެނޭ ގޮތަށް ބައެއް އާއްމުން ގެއްލިގެން ދޭތެރެދޭތެރެއިން ފުލުހުން އިއުލާން ކުރެއެވެ. މީޑިއާގައި އެ އިއުލާން ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ މީހަކު, އާއްމުކޮށް ފެނެއެވެ.

comment ކޮމެންޓް