ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ރޫމެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ރޫމެއްތެރޭ މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު 12:14 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.