ވިޝަން އޮޕްޓިކަލްސްއިން 3،000 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަގެއްގެ ނަންބަރު އައިނެއް ގަތުމުން، އަވިއައިނެއް މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ވިޝަން އޮޕްޓިކަލްސްއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން، އެ ފިހާރައިން 3،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއްގެ ނަންބަރު އައިނެއް ގަތުމުން ހިލޭ އަވިއައިނެއް ލިބޭނެ ކަމަށެވެ. އެގޮތުން، ވިޝަން އޮޕްޓިކަލްސްއިން ހޮވާލާފައިވާ ވަކި ބްރޭންޑުތަކަކުން އައިނު ޚިޔާރު ކުރެވޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ 31ގެ ނިޔަލަށެވެ.
ވިޝަން އޮޕްޓިކަލްސްއިން ފަސް ސްކީމަކުން ހިލޭ އައިނު ހެއްދެއެވެ. މިގޮތުން، ވިޝަން އޮޕްޓިކަލްސްއިން އެމްއެންޑީއެފާއި ޕޮލިސް ސްކީމާއި އާސަންދައާއި އެލައިޑް އިންޝުއަރެންސްގެ އިތުރަށް އަމާނާ ތަކާފުލް މެދުވެރިކޮށް ހިލޭ އައިނު ހެއްދޭނެއެވެ.
އެ ސްކީމްތައް މެދުވެރިކޮށް އައިނު ހައްދާއިރު އިތުރަށް ރުފިޔާ ދައްކަން ޖެހޭނީ ސްކީމުން ކަވަރުކުރާ އަދަދަށް ވުރެ، އިތުރުވާ މިންވަރެވެ.
ލޮލުގެ ފެނުމުގައި އުނދަގޫ ހުންނަ ފަރާތްތަކަށް ވިޝަން އޮޕްޓިކަލްސްއިން އަންނަނީ 2007 ވަނަ އަހަރުން ފެށިގެން އެހީތެރިވަމުންނެވެ. އެގޮތުން އަތްފޯރާ އަގެއްގައި ނަންބަރު އައިނުގެ ޚިދުމަތާއި، އެ ދުވަސްވަރަކާ ގުޅޭ އެންމެ ޒަމާނީ ޑިޒައިންތަކުގެ ފެންވަރު ރަނގަޅު މަޝްހޫރު ބްރޭންޑްތަކާއި މެދުފަންތީގެ ބްރޭންޑްތަކުގެ އޮރިޖިނަލް ފްރޭމާއި އަވި އައިނާއި ކޮންޓެކްޓް ލެންސް ފޯރުކޮށްދެމުންދަނީ އިތުބާރާއި ޔަގީންކަމާއެކުގައެވެ.
ވިޝަން އޮޕްޓިކަލްސްއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފެށުނީއްސުރެ ހިލޭ ލޮލުގެ ނަންބަރު ނެގުމުގެ ފުރުސަތު ލިބެންހުރުމެވެ.
ވިޝަން އޮޕްޓިކަލްސްއަށް ގުޅޭނެ ނަންބަރުތައް: 3333535، 3350006، 3009666
ލޮލުގެ ޚާއްޞަ ޑޮކްޓަރަށް ދެއްކެވުމަށް ވިޝަން ކްލިނިކްގެ ފޯން 3009666އަށް ގުޅޭނެއެވެ.
ވިޝަން އޮޕްޓިކަލްސްގެ ޚިދުމަތްތަކާއި ޕްރޮމޯޝަންތަކާއި އެހެނިހެން މައުލޫމާތު ވެސް ކްލިނިކްގެ ފޭސްބުކް ޕޭޖް، އިންސްޓަގްރާމް އަދި ޓިކްޓޮކްއިން ލިބެން ހުންނާނެއެވެ.