ފިހިގެން ނިޔާވި އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެސްފި، ޖަނާޒާ މިރޭ

އަޙްމަދު އަޒްމީލް (ޗީފް), 43,--

މިދިޔަ މަހުގެ 26ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި, ލިބުނު ގެއްލުންތަކަށް ފަރުވާ ދެނިކޮށް ނިޔާވި, ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފިއެވެ.

ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން, ތައިލޭންޑްގެ ބެންކޮކުން ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު ނިޔާވީ, ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަޙްމަދު އަޒްމީލް (ޗީފް), 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އަޒްމީލްގެ ހަށިގަނޑު މިއަދު މެންދުރު, ސްރީލަންކަން އެއާލައިންސްއިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އަޒްމީލްގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނިޔާވިއިރު އަޒްމީލްގެ އަތްބަކާއި ދެ ކުދިން ތިބެއެވެ. އޭނާގެ އަނބިމީހާ މިހާރު ވެސް އިނީ ބަލިވެއެވެ.

ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

comment ކޮމެންޓް