ފަސޭހަ އިންސައިޑް ސްޓޫޑިއޯ" އިން ފަހި ދިރިއުޅުން ފުލެޓުތަކާއި ރީތިގަސް އެޕާޓްމަންޓްތަކަށް އަގުހެޔޮ ފަރުނީޗަރާއި ބަދިގެ ސެޓް ޕެކޭޖްތަކެއް ތައާރަފުކޮށްފިއެވެ.
ފަސޭހަ އިންސައިޑް ސްޓޫޑިއޯއަކީ ފަސޭހަ ހާޑްވެއާގެ ސަބްސިޑަރީ ވިޔަފާރިއެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އަޅައިފައިވާ ފުލެޓުތައް މިހާރު ދޫކުރަމުން އަންނައިރު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ރީތިގަސް ފުލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
"ފަސޭހަ އިންސައިޑް ސްޓޫޑިއޯ"އިން ވަނީ މި ދެ ކުންފުނީގެ އެޕާޓްމެންޓްތަކަށް ބޭނުންވާ ފަރުނީޗަރާއި ބަދިގެ ސެޓްތައް ހިމެނޭ ވަކިވަކި ޕެކޭޖްތައް ތައާރަފުކޮށްފައެވެ. މިޕެކޭޖްތަކުގައި ފުރިހަމަ، ފަންކްޝަނަލް ބަދިގެއަކަށް ބޭނުންވާ ހުރިހާ މުހިންމު ސާމާނާއި، މުޅި އެޕާޓްމަންޓަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ހިމެނެއެވެ.

ފަސޭހަ ހާޑްވެއާގެ ޑައިނިން ސެޓް: ރީތިގަސް ފްލެޓްތަކަށް ފަސޭހަ ހާޑްވެއާގެ ޚާއްސަ ޕެކޭޖްތަކެއް---ފޮޓޯ: ފަސޭހަ ހާޑްވެއާ
ފަސޭހަ އިންސައިޑް ސްޓޫޑިއޯއިން ވަނީ ދެ ޕެކޭޖެއް ތައާރުކޮށްފައެވެ. އެގޮތުން، ފުރަތަމަ ފަރުނީޗަރާއި ބަދިގެ ސެޓުގައި ދެ ކޮޓަރީގެ ފަރުނީޗަރަށް ހިމަނައިފައިވާ ތަކެތީގެ ތެރޭގައި ޑައިނިން ޓޭބަލް، ހަތަރު ގޮނޑި، ޓީވީ ރެކު، ސޯފާ އަދި ކޮފީ ޓޭބަލް، ކުއީން ސައިޒުގެ ދެ އެނދާއި ސައިޑް ޓޭބަލް އަދި އަލަމާރިއާއެކު ފްލޯޓިން ޑްރެސިން ޓޭބަލް ހިމެނެއެވެ.
ދެވަނަ ފަރުނީޗަރާއި ބަދިގެ ސެޓުގައި، ތިން ކޮޓަރީގެ ޕެކޭޖުން ލިބޭ ފަރުނީޗަރުގެ ތެރޭގައި ޑައިނިން ޓޭބަލް، ހަ ގޮނޑި، ޓީވީ ރެކު، ސޯފާ އަދި ކޮފީ ޓޭބަލް، ތިން ކުއީން ސައިޒުގެ އެނދާއި ސައިޑް ޓޭބަލް އަދި އަލަމާރިއާއެކު ފްލޯޓިން ޑްރެސިން ޓޭބަލެއް ހިމެނެއެވެ.
މީގެ އިތުރުން ފަސޭހަ އިންސައިޑް ސްޓޫޑިއިން ވަނީ ކަސްޓަމަރުން ބޭނުންވާ އުސޫލަށް، އެޗްޑީސީގެ ރީތިގަސް އެޕާޓްމަންޓްތަކަށް ޚާއްސަ އެހެނިހެން ބައެއް ސާމާނާއި ޚިދުމަތްތައް ވެސް ފޯރުކޮށްދޭނެކަން ފާހަގަކޮށްފައެވެ. އަދި އެ ޕެކޭޖުތަކުން ތަފާތު ކަންކަން އިޚްތިޔާރު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން، ކަސްޓަމަރުން ބޭނުންވާ ކުލަ އަދި ޑިޒައިންތައް އިޚްތިޔާރުކުރެވޭނެ ކަމަށް ފަސޭހަ އިންސައިޑް ސްޓޫޑިއޯއިން ބުންޏެވެ.
މީގެ އިތުރުން، "ފަސޭހަ އިންސައިޑް ސްޓޫޑިއޯ"އިން ވަނީ، އަހަރުގެ ފަހު ދުވަސްތަކަށް ޚާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން، އަހަރު ނިމުމުގެ ކުރިން ފަރުނީޗަރާއި ބަދިގެ ސެޓް ޕެކޭޖުތައް ގަންނަ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް، ފަސޭހަ އިންސައިޑް ސްޓޫޑިއޯއިން ބުންޏެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު، ފަސޭހަ އިންސައިޑް ސްޓޫޑިއޯގެ ހޮޓްލައިން، 9400068 އިން ލިބޭނެއެވެ. އަދި ހޮޓްލައިން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްފަހު އިތުރު މައުލޫމާތު ސާފުކުރުމަށް ފަސޭހަ އިންސައިޑް ސްޓޫޑިއަށް ޒިޔާރަތްވެސް ކުރެވޭނެ ކަމަށް އެ ސްޓޫޑިއޯ އިން ބުންޏެވެ.