ގައުމީ އެތުލީޓުންނަށް ޚާއްސަ ހެލްތު އިންޝުއަރެންސް ދޭން ފަށައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރާއްޖޭގެ ކުޅިވަރު އާއިލާގެ ބައެއް މެންބަރުން --

ދިވެހި ގައުމީ އެތުލީޓުންނާއި އޮފިޝަލުންނަށް ޚާއްސަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފަށައިފިއެވެ.

މިކަން ރަސްމީކޮށް އިޢުލާނު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ސަބަބުން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެއެވެ.

މި އިންތިޒާމުގެ ދަށުން ދިވެހި އެތުލީޓުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުވެ، ކުޅިވަރުގެ މައިދާނުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ވެސް ސަރުކާރުން ފާހަގަކުރެއެވެ.

comment ކޮމެންޓް