މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ޖަޕާނުގެ "ޖެޓްރޯ"އާއެކު މަޝްވަރާކޮށްފި

މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ޖަޕާނުގެ "ޖެޓްރޯ"އާއެކު މަޝްވަރާކޮށްފި -- ފޮޓޯ/ މިފްކޯ

މިފްކޯގެ އުފެއްދުންތައް ޖަޕާނުގެ ބާޒާރުގައި އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި އެ ކުންފުނީގެ ވަފުދަކުން ޓޯކިޔޯގައި ހުންނަ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) ގެ މައި އިދާރާއަށް ޒިޔާރަތްކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި ޖަޕާނުގެ މާކެޓުގައި މިފްކޯއަށް ހުރި ފުރުސަތުތައް ދެނެގަތުމާއި، ވިޔަފާރި ކުރިއެރުވުމުގައި ޖެޓްރޯއިން ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި އިތުރަށް އިޝްތިހާރުކޮށް ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

  • ޖަޕާނުގެ މާކެޓުގައި މިފްކޯގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށް ޖެޓްރޯއާއެކު މަޝްވަރާކުރުން.
  • ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުން.
  • ބައިނަލްއަގުވާމީ މާކެޓުތަކުގައި މިފްކޯގެ ވިޔަފާރި ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  • ޖެޓްރޯގެ އެހީތެރިކަމާއެކު ఎކްސްޕޯޓްގެ ފުރުސަތުތައް ފަހިކުރުމަށް މަޝްވަރާކުރުން.

ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭ ގޮތުން ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމުގައިވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މިފްކޯއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ.

މިފްކޯއިން ބުނި ގޮތުގައި އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމާއި، އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއާޒް ޖެނެރަލް މެނޭޖަރު އާމިނަތު ސަނިއްޔާ ޝަރީފެވެ.

މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖެޓްރޯ ނުވަތަ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަންއަކީ ޖަޕާނާއި ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އަދި 1958 ވަނަ އަހަރު ޖަޕާނުގެ އެކްސްޕޯޓް ކުރިއެރުވުމަށް އުފެއްދި ޖެޓްރޯގެ މައިގަނޑު އަމާޒަކީ ކުދި އަދި މެދުފަންތީގެ ޖަޕާނުގެ ކުންފުނިތަކަށް ދުނިޔޭގައި އެކްސްޕޯޓްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް