އެސް.އޯ މޯލްޑިވްސްގެ ތާރީޚީ ފެތުމުގެ މުބާރާތް، 38 ބައިވެރިންނާއެކު އުންމީދީ ފެށުމެއް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ނޭޝަނަލް ސްވިމް މީޓުގެ ބައިވެރިން-- ފޮޓޯ: އެސްއޯ މޯލްޑިވްސް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ނެޝަނަލް ސްވިމް މީޓް ހުޅުމާލޭގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތުގައި ޖުމްލަ 9 އިވެންޓެއް ބާއްވާފައިވާއިރު، 38 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. މިއީ އެ ޖަމިއްޔާއިން ފެތުމުގެ މުބާރާތެއް ބޭއްވި ތިންވަނަ އަހަރު ކަމަށްވިޔަސް، މިއަހަރު ވަނީ މުބާރާތުގެ ފެންވަރު މަތިކޮށް ގަވާއިދުތައް ހަރުދަނާކޮށްފައެވެ.

  • ފުރަތަމަ ނެޝަނަލް ސްވިމް މީޓް ހުޅުމާލޭގައި ބޭއްވުން
  • މުބާރާތުގައި 9 އަންހެން އަދި 29 ފިރިހެން އެތުލީޓުން ވާދަކުރުން
  • ބައިނަލްއަގުވާމީ ގަވާއިދުތަކަށް އެތުލީޓުން އަހުލުވެރިކުރުވުން
  • މުބާރާތުގެ މައި ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް.އޯ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ "ނެޝަނަލް ސްވިމް މީޓް" ފޯރިގަދަ މެޗުތަކަކަށް ފަހު އިއްޔެ ނިންމާލައިފިއެވެ.

ހުޅުމާލެ ސްވިމިންގ ޕޫލް ޓްރެކްގައި މި މަހުގެ 24 އިން 25 އަށް ކުރިއަށްދިޔަ މި މުބާރާތަކީ، އެސް.އޯ މޯލްޑިވްސް އިން ފަތާ މުބާރާތެއް ބޭއްވި ތިންވަނަ އަހަރެވެ.

ނަމަވެސް، މިއަހަރު މުބާރާތުގެ ފެންވަރު މަތިކޮށް، ގަވާއިދުތައް ހަރުދަނާކުރުމާއެކު މުބާރާތުގެ ނަން ވަނީ "ނެޝަނަލް ސްވިމް މީޓް" އަށް ބަދަލުކޮށްފައެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ނޭޝަނަލް ސްވިމް މީޓުގެ ބައިވެރިން-- ފޮޓޯ: އެސްއޯ މޯލްޑިވްސް

މި މުބާރާތުގައި ޖުމްލަ 9 އިވެންޓެއް ބޭއްވުނުއިރު، 38 އެތުލީޓުން ވަނީ ވާދަވެރި ހުނަރުތަކެއް ދައްކާފައެވެ.

މީގެ ތެރޭގައި ހިމެނެނީ 9 އަންހެން އެތުލީޓުންނާއި 29 ފިރިހެން އެތުލީޓުންނެވެ. މުބާރާތުގެ ތެރެއިން އެތުލީޓުންނަށް ވަނީ ފަތަން ބޭނުންކުރާ ބައިނަލްއަގުވާމީ ގަވާއިދުތަކަށް އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކޮށްދީފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގު އިބްރާހީމެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ނޭޝަނަލް ސްވިމް މީޓުގެ ބައިވެރިން-- ފޮޓޯ: އެސްއޯ މޯލްޑިވްސް

މީގެ އިތުރުން، މިނިސްޓަރުގެ ނައިބު އިބްރާހީމް ފާއިދު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުގެ މައި ސްޕޮންސަރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހެޑް އޮފް ރީކޮންސިލިއޭޝަން އެންޑް ރިޕޯޓިންގ އައިމިނަތު ޖީހާން އާއި ރީކޮންސިލިއޭޝަން މެނޭޖަރ އައިޝަތު މަނާލް ހާލިދު ބައިވެރިވެ، ވަނަވަނައަށް އައި އެތުލީޓުންނަށް މެޑަލް ހަވާލުކޮށްދެއްވިއެވެ.

2019 ވަނަ އަހަރު އުފެއްދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުންޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް މަސައްކަތްކުރާ އެސޯސިއޭޝަނެކެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް މޫވްމަންޓްގެ ގޮތުގައި ފާހަގަކުރެވޭ މި ޖަމިއްޔާއިން ދަނީ މުޅި ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު