ކިނބިދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

މީގެ ކުރިން ހިނގި މާރާމާރީގައި އަނިޔާވި މީހާގެ ގައިން ފޭބި ލޭ --- ސަން ފައިލް ފޮޓޯ

ތ. ކިނބިދޫގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގެ ތެރެއިން އުމުރުން 36 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންނަށް މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭގަނޑު 20:40 ހާއިރުއެވެ. އަނިޔާވި މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާއަށް ލިބިފައިވާ އަނިޔާތައް ސީރިއަސްއެއް ނޫނެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • ތ. ކިނބިދޫގައި މާރާމާރީއެއް ހިނގައި މީހަކު ޒަޚަމްކޮށްލުން
  • އަނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނަކަށް
  • އިތުރު ފަރުވާއަށް ތ. އަތޮޅު ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައި
  • އަނިޔާތައް ސީރިއަސް ނޫންކަމަށް ފުލުހުން މައުލޫމާތުދޭ
  • މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުން

ތ. ކިނބިދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ތ. ކިނބިދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް މިރޭ 20:40 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެން މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް